ads
ސުޕްރީމް ކޯޓު
ގޮނޑިގެއްލޭ މައްސަލަ: ސުޕްރީމް ކޯޓުން އަމުރެއް ނުދިން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލުން ހުއްޓުވަން ވަގުތީ އަމުރެއް ނެރެނުދޭން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
Advertisement

ޕާޓީން ވަކިކުރާ ނުވަތަ ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ. 

މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެނުދޭން ނިންމީ، އެ ކަމުގައި ގޮތެއް ނިންމައިފިނަމަ މި މައްސަލައިގެ މައުޟޫއާ މެދު ނިންމާ ނިންމުމަށް އަސަރުކޮށްފާނެތީ ކަމަށް ބުނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

ގޮނޑި ގެއްލޭ މައްސަލަ އެންމެ ފުރަތަމަ ބޭއްވީ ފެބްރުއަރީ 17، 2025 ގަ އެވެ. އެ މައްސަލައިގައި ދެވަނަ އަޑުއެހުމެއް ބޭއްވީ އޭގެ 421 ދުވަހުން އެޕްރީލް ނުވައެއްގަ އެވެ.  

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;