ads
ކެބިނެޓްގެ ބައެއް މެންބަރުން
ކެބިނެޓަށް ގެނައި ބަދަލުތަކަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ގެނައި ބަދަލުތަކަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ މިދިޔަ ހަފްތާގައި، ކެބިނެޓް މެންބަރުންގެ އަދަދު 20 ން، 15 އަށް މަދުކުރައްވައި، ކެބިނެޓް އެކުލެވިގެންވާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފައެވެ. ކެބިނެޓަށް ގެންނެވި ބަދަލުތަކާއެކު ދެ ދުވަހެއްގެ މަތިން އަލުންވަނީ ކެބިނެޓް އެކުލަވާލައިފައެވެ. ކެބިނެޓުން 10 ވަޒީރަކުވަނީ އިސްތިއުފާ ދެއްވާފައެވެ. 

ކެބިނެޓަށް ގެނެވުނު ބަދަލުތަކަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިވާއިރު، ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ކެބިނެޓަށް ރުހުން ހޯދުމަށް ހުށަހަޅާފައިވާ މައްސަލަވަނީ ހިމަނާފައެވެ. 

ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ހޯދުމަށް، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) އަދި (ރ) ގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ވަޒީރުންގެ ނަންތައް، އެ މީހުން އައްޔަނުކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ހުށަހަޅަން ޖެހެއެވެ. 

ރައްޔިތުންގެ މަޖިލީހަށް ނަންތައް ހުށަހެޅުމުން، މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން އެ ބޭފުޅުންގެ ޝަރުޠުތައް ހަމަވޭތޯ ބަލައި ދިރާސާކުރާނެއެވެ. އެއަށްފަހު، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ވަކިވަކި ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތެއް ނިންމާނެއެވެ. މަޖިލީހުން ރުހުން ނުދޭ މީހަކަށް ވަޒީރުކަމުގެ މަޤާމުގައި ނުހުރެވޭނެއެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ޤާނޫނުއަސާސީގެ 130 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި މުސްލިމަކު ކަމުގައިވުމާއި، ދިވެހި ރައްޔިތަކަށްވުމާއި، ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުމާއި، އުމުރުން 25 އަހަރު ފުރިފައިވުން ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;