ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އިއްޔެ ވަނީ ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަން ހުށައަޅާފައެވެ. އަދި އެ ބަދަލުތައް ގެނައުމަށް މަޝްވަރާތަކަށް އައުމަށް ސަރުކާރަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަޝްވަރާތަކުގައި ބައިވެރިވާނަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރައީސްް މުއިއްޒު ވިދާޅުވީ އެ މަޝްވަރާތަކަށް އެމަނިކުފާނު ވަޑައިނުގަންނަވާނެކަމަށެވެ. އަދި މަސައްކަތް ކުރާނީ ރައްޔިތުން އެމަނިކުފާނާއި ހަވާލުކުރި މެންޑޭޓް އަދާކުރަންކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ފައްޔާޒު ހުށައެޅުއްވި އިސްލާހުތަކުގެ ތެރޭގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ އިތުރުން ސަރުކާރުގެ އިސްވެރިޔާއަކީ ވަކި ބޭފުޅެއް ގޮތުގައި ހަމަޖެއްސުންވެސް ވަނީ ހިމަނާފައެވެ.
މި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ފައްޔާޒު ރާއްޖޭގެ ރައީސްކަމަށް ގެންނަވަން ތާއިދުކުރައްވާކަމަށެވެ. އަދި ފައްޔާޒު ރައީސްކަމުގައި ހުންނައިރު ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމުގައި އެމަނިކުފާނު ހުންނަން އެދިވަޑައިގަންނަވާނެކަމަށެވެ. އަދި ފައްޔާޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ދައުލަތުގެ އެންމެ އިސްވެރިޔަކަށް ހުންނަން އެދެނީ ރައީސް ނަޝީދުކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;