ސީޖޭއޭ އަކީ ޖުޑިޝަރީގެ އިދާރީ އެންމެ އިސް މަގާމެވެ. އަމްޖަދު އިސްތިއުފާ ދެއްވީ މިއަދުއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އަމްޖަދު ހަމަޖެއްސީ ފެބްރުއަރީ 2025 ގައެވެ. އެއީ، އޭގެ ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ރިޒުނާ ސެޕްޓެންބަރު 2024 ގައި އިސްތިއުފާދެއްވުމުންނެވެ.
އަމްޖަދު މި އިސްތިއުފާ ދެއްވީ، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ދަށުގައި އޮތް އޮތުން ބަދަލު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެފައިވަނިކޮށެވެ.
މިދިޔަ ސަރުކާރުން ގެނައި އެ ބަދަލުގެ ސަބަބުން މެޖިސްޓްރޭޓް ކޯޓުތަކުގައި ބާރު ގަދައީ އިދާރީ އިސްވެރިންގެ ކަމަށާއި އެއީ ޖުޑީޝަރީ މަސައްކަތްކުރުމަށް ނޭދެވޭ އަސަރުކުރާނޭ ކަމެއް ކަމަށް ރައީސް މުއިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;