ads
އަޝްފާ އާއި ފިލްމު ޕްރޮޑިއުސަރު ޝާނީޒް
އަޝްފާ އާއި ޕްރޮޑިއުސަރު ޝާނީޒް ކައިވެނިކޮށްފި
މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި ފިލްމު ޕްރޮޑިއުސަރު ޝާނީޒްގެ އަލީގެ ކައިވެނިކޮށްފިއެވެ.
Advertisement

އަޝްފާ އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޢަަނީ (ތޭރަވާ) ގެ ކުރީގެ އަންހެނުންނެވެ. ޝާނީޒަކީ މަޝްހޫރު އެކްޓްރެސް ހަދީޖާ އިބްރާހީމް (ކުޑަހައްޖަ) ގެ ކުރީގެ ފިރިމީހާއެވެ. 

your imageއަޝްފާ އާއި ޝާނީޒް

މި ދެ ތަރިން ކައިވެނިކުރި ވަކި ދުވަހެއް ނޭގުނުނަމަވެސް އަޝްފާވަނީ އޭނާގެ ފިރިމިހާގެ އުފަންދުވަހުގެ މުނާސަބަތުގައި މަރުހަބާ ކިޔާ އިންސްޓަގްރާމްގައި ލޯބީގެ މެސެޖެއް ޕޯސްޓްކޮށްފައެވެ. 

އަޝްފާ އާއި ތޭރަވާގެ ކައިވެންޏަށް ލިބުނު ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދު  17 އަހަރު ވަނީ މިދިޔަ އަހަރު ޖުލައި މަހު މާލޭގައި ހިނގި ނުރައްކާތެރި ސައިކަލް އެކްސިޑެންޓެއްގައި ނިޔާވެފައެވެ. 

ސާނީޒްއަކީ ދާދި ފަހުން ނުކުތް ކާމިޔާބު ފިލްމުތައް ނެރުނު ސެޓާން ސްޓޫޑިއޯގެ ވެރިޔާއެވެ. އެސްޓޫޑިއޯ އިން 'ކަނބުލޮ' އާއި 'ކަމަނާ' ވަނީ މިފަހުގެ ތާރީހުގައި ނެރުނު އެންމެ ކާމިޔާބު ދެ ފިލްމަށްވެފައެވެ. 

18%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
55%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;