އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިމަހުގެ 10 ވަނަދުވަހުއެވެ. އެރަށު ފަޅުން 11 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައި މިވަނީ އެންމެ 10 ދުވަހުގެ ތެރޭގައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގާދިއްފުށިގެ ބިން ހިއްކެވުމުގެ ވާހަކަ ދައްކަވާފައެވެ. އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެރަށުން އެއްވެސް ގޮނޑިއެއް ސަރުކާރަށް ނުދޭކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މި ސަރުކާރަކީ އިންތިހާބުތަކާ ދިމާކޮށް ނުވަތަ އިންތިހާބުގެ ނަތީޖާއަކާ ދިމާކޮށް މަޝްރޫއުތައް ކުރިއަށް ގެންދާ ސަރުކާރެއް ނޫންކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ގާދިއްފުށީ ބިން ހިއްކާ ނިންމާލުމުން އެރަށް ހިމެނޭ ގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު ހަނާން މުހައްމަދު ރަޝީދު އެފްބީގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާދިއްފުށީގެ ބިން ހިއްކުމަކީ އެރަށުގެ ތާރީހުގައި މިހާތަނަށް ހިންގި ތަރައްޤީގެ އެންމެ އަގުބޮޑު، ބިޔަ މަޝްރޫއުކަމަށެވެ. އަދި އެ މަޝްރޫއު ހިންގެވީ ރައީސް މުއިއްޒުކަން ފާހަގަކުރައްވާ ހަނާން ވިދާޅުވީ މިއަދު މިވަނީ ގާދިއްފުށީގެ ޗާޓް ބަދަލު ކޮށްލަ ދެއްވާފައިކަމަށެވެ.
އަދި ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއްނެތި، ވޯޓްގެ ނަތީޖާއަށް ބެލުމެއްނެތި ވައުދުތައް ރަނުންރަނަށް އެދަނީ ފުއްދަވަމުންކަމަށްވެސް ހަނާން ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;