ads
ރައީސް ޑރ. މުހައްމަދު މުއިއްޒާއި މަޖލީހުގެ ނައިބު ރައީސް ނާޒިމް
މަޖިލީހުގެ ބާރުގަދަ ކޮމެޓީންތަކުން ނައިބު ރައީސް ނާޒިމް ވަކިކޮށްފި
ރައްޔިތުން މަޖިލީހުގެ ބާރުގަދަ ކޮމެޓީންތަކުން އެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެމްބަރުން އަހްމަދު ނާޒިމް ވަކިކޮށްފައިވާކަން މަޖިލީހުގެ ސައިޓުން ހާމަވެއްޖެއެވެ.
Advertisement

ނާޒިމް ހިމެނިވަޑައިގަތީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާއި ބެހޭ (241) ކޮމެޓީގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީ (އެސްއޯއީ) ކޮމެޓީގައެވެ.

މަޖިލީހުގެ ވެބްސައިޓްގައިވާ ގޮތުން މާލިއްޔަތު ކޮމެޓީ ގައި ނާޒިމްގެ ނަން ހިމަނާފައިވަނީ ކޮމިޓީގައި ކުރިން މަސައްކަތް ކުރެއްވި މެންބަރުންގެ ތެރޭގައެވެ. އަދި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ގައިވެސް  ނާޒިމްގެ ނަން ހިމަނާފައިވަނީ ކޮމިޓީގައި ކުރިން މަސައްކަތް ކުރެއްވި މެންބަރުންގެ ތެރޭގައެވެ. އެހެންނަމަވެސް ދެން ނާޒިމް ހިމެނޭ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ (އެސްއޯއީ)ގައި ނާޒިމް ނަން އެބައޮތެވެ. 

ކޮމެޓީތަކަށް ބަދަލު އައުމުން މަޖިލީހުގެ ޖަލްސާގައި އެކަން އިއުލާންކުރެއެވެ. އެހެންނަމަވެސް މިދިޔަ ހަފްތާއާއި މިއަދުގެ ޖަލްސާގައިވެސް މަޖލީހުގެ ރިޔާސަތު ނާޒިމް ބެލެހެއްޓެވިނަމަވެސް ކޮމެޓީތަކަށް އައި ބަދަލުތައް އިއުލާންކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;