ads
ބަންކަރިން ހިދުމަތް ދޭން ތެޔޮ ބޯޓާއި ކާބޯ ބޯޓާ ކައިރިކޮށްފައި --
އެސްޓީއޯއަށް ފުރަތަމަ ކުއާޓަރުގައި 276 މިލިއަން ރުފިޔާގެ ފައިދާއެއް
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބަންކަރިން ހިދުމަތުން ލިބުނު އާމްދަނީއާއެކު، އެސްޓީއޯއަށް 276 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ އެވެ.
Advertisement

އެސްޓީއޯ އިން މިއަދު އާންމުކުރި އެ ކުންފުނީގެ މި އަހަރުގެ ފުރަތަމަ 3 މަހުގެ މާލީ ހިސާބުތަކަށް ބަލާއިރު، އެ މުއްދަތުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު 4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 33 ޕަސެންޓްގެ އިތުރު އަދަދެކެވެ.

ޖުމްލަ އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 785 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މީގެ ކުރީ ކުއާޓަރަށްވުރެ 17 ޕަސެންޓްގެ އިތުރުވުމެކެވެ. 

އެސްޓީއޯގެ ކުއާޓާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، އެ ކުންފުނިން މި އަހަރުގެ ފުރަތަމަ 3 މަހު ވިއްކި ތެޔޮ، މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު ވަނީ %27 އިތުރުވެފަ އެވެ.

ހިންގުމުގެ ހަރަދު ނިސްބަތުން އިތުރުވީ ނަމަވެސް، ޖުމްލަ ފައިދާ އިތުރުވުމާއެކު ހިންގުމުގެ ފައިދާ އޭގެ ކުރީ ކުއާޓަރަށްވުރެ 14 ޕަސެންޓުން އިތުރުވެ، 368 މިލިއަން ރުފިޔާ ލިބުނެވެ.

މީގެ އިތުރުން ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރެވުމާއެކު ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 331 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މީގެ ކުރީ ކުއާޓަރަށްވުރެ 20 ޕަސެންޓްގެ އިތުރުވުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ވަނީ 276 މިލިއަން ރުފިޔާ ލިބިފަ އެވެ.  

އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެސްޓީއޯގެ ކަންކަމާ މެދު ބަހައްޓާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވާ ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;