ads
ކެންސަރާ ހަނގުރާމަ ކުރަމުންދާ ޝަހީމް
ޝަހީމް ކެންސަރުގެ ވޭނުގައި، އެހީގެ އަތެއް ދިއްކޮށްލަމާ!
އއ. ބޮޑުފޮޅުދޫ، ދެތަޑިމާގެ، އާދަމް ޝަހީމް (43) އަކީ ގޮހޮރުގެ ކެންސަރުގެ ސަބަބުން ބޮޑު ވޭނެއް ތަހައްމަލު ކުރަން ޖެހި، އެކަމަށް ފަރުވާ ހޯދަމުން އަންނަ ފަރާތެކެވެ. ބޮޑުފޮޅުދޫ ކައުންސިލްގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގައި ވަޒީފާ އަދާކުރަމުން ދިޔަ ޝަހީމަށް ކެންސަރު ޖެހިފައިވާކަން އެނގުނީ މިދިޔަ އަހަރު އެވެ.
Advertisement

ޝަހީމްގެ ކޮއްކޮ އިބްރާހީމް ނަސީމް "ސީއެންއެމް" އަށް ބުނީ، މިދިޔަ އަހަރު ދޭތެރެ ދޭތެރެއިން ބޭބެގެ ބޮލަށް އެނބުރުން އަރައިގެން ވެއްޓުން ފަދަ ކަންކަން ދިމާވި ކަމަށެވެ. އަދި އެ އަހަރު މާލެ ގޮސް ޑޮކްޓަރަށް ދައްކަން ފެށި ކަމަށާއި، އޭރު ހެދި ޓެސްޓުތަކުގެ ނަތީޖާއިން ޝަހީމްގެ މޭދަށުގައި 6.8 ސެންޓިމީޓަރުގެ ޓިއުމަރެއް އުފެދިފައިވާކަން އެނގުނުކަމަށް ނަސީމް ބުންޏެވެ. އޮގަސްޓް 25 ވަނަ ދުވަހު އެކަން އެނގުމާއެކު އިތުރަށް ހެދި ޓެސްޓުތަކުން ދެއްކީ ޝަހީމްގެ ގޮހޮރުގައި ކެންސަރު ހުރި ކަމަށެވެ. އެއާއެކު އާއިލާއިން ޝަހީމް ގޮވައިގެން ސެޕްޓެމްބަރު މަހު އިންޑިއާއަށް ގޮސް ކޮޗިންގެ އަމްރިތާ ހޮސްޕިޓަލްގައި ފަރުވާ ފެށި އެވެ.

your imageޝަހީމްގެ ބަލި ހާލަތު އަންގައިދޭ ލިޔުމެއް

ޝަހީމްގެ ހަށިގަނޑުގައި އުފެދިފައިވާ ޓިއުމަރު ބޮޑުވުމުން ޑޮކްޓަރުން މަސައްކަތް ފެށީ ފުރަތަމަ ކީމޯތެރަޕީ އާއި ރޭޑިއޭޝަންގެ ފަރުވާއިން ޓިއުމަރު ކުޑަކުރުމަށް ފަހު ސާޖަރީ ހެދުމަށެވެ. އެ ފަރުވާ ދިގުދެމިގެން ގޮސް ވަކި ހިސާބަކުން އާއިލާގެ މާލީ ހާލަތު ދަށްވުމާ ގުޅިގެން، ކީމޯ ފުރިހަމަ ކުރުމަށް ފަހުން މާލޭގެ އައިޖީއެމްއެޗަށް ބަދަލު ކުރެެވުނެވެ.

"މިކޮޅަށް އަޅުގަނޑުމެން އައީ އެކޮޅުގަ ގިނަ ދުވަސް ވާތީވެ އޭރުގަ އެކޮޅުގަ ތިބެން އުނދަގޫވީމަ، ފައިސާގެ އުނދަގޫ އެންމެ ބޮޑަށް، އާސަންދަ ލިބުނެއްކަމަކު ހުރުމާއި ކެއުމަށް ފުދޭވަރަކަށް ބޮޑު ހަރަދެއް ދޭ." ނަސީމް ބުންޏެވެ.

ނަސީމް ބުނި ގޮތުގައި ރާއްޖެ އައިސް އައިޖީއެމްއެޗުން ކީމޯ ދިނުމަށްފަހު ހަފްތާއަކަށް ރަށަށް ގޮސް ހުއްޓައި ޝަހީމްގެ ހާލު އިތުރަށް ގޯސްވެގެން ރަށު ސިއްހީ މަރުކަޒުގައި ބޭއްވުމަށް ފަހު، އެ ދުވަހު މާލެ ގެންދެވުނެވެ. އަދި އައިޖީއެމްއެޗްގައި 15 ވަރަކަށް ދުވަހު ބޭއްވުމަށް ފަހު އެމަޖެންސީ ކޭސް އެއްގެ ގޮތުގައި އިންޑިއާއަށް ގެންގޮސް އަމްރިތާ ހޮސްޕިޓަލްގައި ފަރުވާ ފެށި އެވެ. އޭރު ޝަހީމްގެ ހާލަތު ގޯސްވެ ކާން ދޭން ޖެހުނީ ހޮޅި ގުޅައިގެންނެވެ.

your imageޝަހީމްގެ ބަލި ހާލަތު އަންގައިދޭ ލިޔުމެއް

ނަސީމް ބުނީ އަމްރިތާ ހޮސްޕިޓަލުން ފަހުން ބޭބެއަށް އިތުރު ބޭހަކާއެކު ކީމޯ ދީ، ހޮސްޕިޓަލުގެ އެންމެ އެޑްވާންސް މެޝިނުން ރޭޑިއޭޝަން ވެސް ދީފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލުން އިތުރަށް ދެވޭނެ މާބޮޑު ފަރުވާއެއް ނެތް ކަމަށް ބުނުމުން، ޝަހީމް އަންނަ ބުދަ ދުވަހު ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލަށް ބަދަލު ކުރުމަށް އާއިލާއިން ދަނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް އަމްރިތާ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް އާސަންދަ ހަމަޖައްސާފައިވާތީ، މަނިޕާލް ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ކުރިއަށް ގެންދިއުމަށް އާސަންދައިން ލިބެނީ ދެބައިކުޅަ އެއްބައި ހަރަދު ކަމުގައި ނަސީމް ފާހަގަކުރި އެވެ.

"ރިޕޯޓްތައް ފޮނުވައިގެން މަނިޕާލް ހޮސްޕިޓަލުން ބުނެފަ އިނީ 15 ޕަސެންޓް ޗާންސް އެބައިނޭ އެމީހުންނަށް. ބުނީމަ އަޅުގަނޑުމެން އެކޮޅުގެ ޑޮކްޓަރުންގެ ޓީމާ ވާހަކަ ދައްކައިގެން، އަންނަ ބުދަ ދުވަހު ބޭބެ އެކޮޅަށް ބަދަލުކުރާ ގޮތަށް ނިންމާފަ މިއޮތީ." ނަސީމް ބުންޏެވެ.

ޝަހީމަށް އިންޑިއާގައި ފަރުވާދެމުން ގެންދާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އޭނާގެ އެހީތެރިއަކަށް އާއިލާއިން މީހުން ފޮނުވުމުގައި ވެސް އުނދަގޫތަކެއް އެބަހުއްޓެވެ. އެގޮތުން މިހާރު އިންޑިއާގައި ހުރި އާއިލާގެ މެންބަރު ވެސް ހުރީ މުސާރަ ނުހިނގާ ގޮޮތަށް މަޑުކޮށްގެން ކަމުގައި ނަސީމް ފާހަގަކުރި އެވެ. އަދި ބައްޕައަކީ ވެސް ބަލި މީހަކަށް ވުމުން ބައްޕަ ބަލަން ޖެހޭނެތީ އިންޑިއާއަށް މީހުން ފޮނުވުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ނަސީމް ބުންޏެވެ.

your imageޝަހީމްގެ ބަލި ހާލަތު އަންގައިދޭ ލިޔުމެއް

ނަސީމް ބުނީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ބެބެއަށް ފަރުވާކުރަން ޖެހުމާ ގުޅިގެން ކެއިންބުއިމާއި ހުރުމަށް ވަރަށް ބޮޑު ހަރަދެއް ގޮސް، މިހާރު މާލީ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި އިތުރު ފަރުވާއަށް އިންޑިއާގައި މަޑުކުރަން ޖެހޭނެ މުއްދަތެއް ނޭނގޭތީ އާއިލާއަށް ވަނީ އެންމެހައި ފަރާތްތަކުގެ އެހީތެރިކަން މުހިންމުވެފަ އެވެ.

"އެންމެ ބޮޑު ދައްޗަކީ ވަރަށް ގިނަ ދުވަސް ވެއްޖެ އެކޮޅުގަ ތިބެތާ. އެހެންވެ ވަރަށް ބޮޑު ހަރަދެއް ދާނެތާ. އަނެއްކާ ޕޭޝަންޓަށް ކާން ގެންދާ ކޮންމެ އެއްޗަކީ ގަނެގެން ގެންދާ އެއްޗެހި. އެހެންވީމަ މިހާރު ހަމަ ފައިސާގެ ދަތިކަން އިންތިހާއަށް ދިމާވެފަ މިއޮތީ." ނަސީމް ބުންޏެވެ.

ޝަހީމްގެ ފަރުވާއަށް އެހީ ހޯދުމަށް އެކި ފަހަރު މަތިން ހަރަކާތްތައް ހިންގާފައިވާއިރު، މިހާތަނަށް ހެޔޮއެދޭ އެކިއެކި ފަރާތްތަކުން ގިނަ އަދަދަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވަކަން އާއިލާއިން ޝުކުރުވެރިކަމާއެކު ފާހަގަކުރެ އެވެ.

your imageޝަހީމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި

ނަސީމް ބުނި ގޮތުގައި ޝަހީމްގެ ބޭސްފަރުވާއަށް އެހީ ހޯދުމަށް ބޮޑުފޮޅުދޫ ކައުންސިލާއި، އެ ރަށުގެ މުއައްސަސާތަކާއި ޖަމިއްޔާތައް ގުޅިގެން މި ފެށޭ މަހުގެ 1 ވަނަ ދުވަހު ބޮޑު ފަންޑްރެއިސިންގ އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ހަރަކާތުގައި ރަށުގެ ރައްޔިތުންނާއި، އަތޮޅުގެ އެހެނިހެން ރަށްތަކުގެ މީހުންގެ އިތުރުން ހެޔޮއެދޭ އެންމެހައި ފަރާތްތަކުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަށް އާއިލާއިން ވަނީ އެދިފަ އެވެ.

ގުޅޭނެ ނަމްބަރު: 9315989 އިބްރާހީމް ނަސީމް (ޝަހީމްގެ ކޮއްކޮ)

9769737 އަބްދުﷲ ނާޝިފް (ޝަހީމްގެ އެއްބަނޑު އެއްބަފާ ދައްތަގެ ދަރި)

އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި ރުފިޔާ (7770000027823) އަބްދުﷲ ނާޝިފް

އެކައުންޓް ނަމްބަރު: ބީއެމްއެލް ޑޮލަރު (7770000010674) އަބްދުﷲ ނާޝިފް

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;