ads
ދިވެހި ޒުވާން އެކްޓަރު މަރިޔަމް ޝިފާ
ސިންގަލް ވާހަކަ ބުނުމުން ޝިފާއަށް 2000 ވުރެ ގިނަ ހުށައެޅުން
ޓިކް ޓޮކާއި ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ އެކްޓްރެސް މަރިޔަމް ޝިފާ މިވަގުތު ހުސްކޮށް ހުރިކަން އިއުލާންކުރުން 2000 ވުރެ ގިނަ ހުށައެޅުން ލިބިއްޖެކަން ހާމަކޮށްފިއެވެ.
Advertisement

ޓިވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ޝިފާ ވަނީ އޭނާ ކުއްޖަކާ ރައްޓެހިނުވާކަމަށާއި، މިވަގުތު ހުރީ ހުސްކޮށް ކަން އިއުލާންކޮށްފައެވެ. އަދި އޭނަގެ ހަޔާތުގެ ބައިވެރިޔަކަށް ބޭނުމީ  އޭނާއަށާއި އެހެންމީހުންނަށް ވަރަށް ހިތް ހެޔޮ މީހަކުކަމަށެވެ. އަދި އެމީހަކީ ތެދުވެރި އޭނާއަށް އިހުތިރާމު ކުރަން އެނގޭ، އަދި އެހާ ފޮނި މީހަކަށް ވެގެން ނުވާނެ ކަމަށްވެސް ޝިފާ ވަނީ ބުނެފައެވެ. 

އޭގެ ފަހުން ޝިފާ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއްކޮށްފައެވެ. އޭގައި ބުނެފައިވަނީ އޭނާއަށް 2000 ވުރެ ގިނަ ހުށައެޅުން ލިބިފައިވާކަމަށެވެ. 

your imageޝިފާގެ ޕޯސްޓް

ޝިފާ ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފައެވެ. އަދި ކައިވެންޏަށް ވަނީ ކުއްޖަކުވެސް ލިބިފައެވެ.

ދިވެހި ޒުވާން އެކްޓަރު މަރިޔަމް ޝިފާއަށް، ދުނިޔޭގެ އެންމެ ބޮޑު އެއް ފިލްމު އިންޑަސްޓްރީ ކަމަށްވާ ބޮލީވުޑުން ފުރުސަތެއް ލުބުނުކަންވެސް ދާދި ފަހުން ހާމަކޮށްފައެވެ. 

އުމުރުން 25 އަހަރުގެ ޝިފާ އެކްޓިންއަށް ނިކުތީ 2017 ވަނަ އަހަރުގައެވެ. އޭނާ އެންމެ ފުރަތަމަ ފެނިފައިވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓުކުރި ފިލްމު "ދެވަންސޫރަ" އިން ސަޕޯޓިން ރޯލަކުންނެވެ. އޭގެ ފަހުން ރާއްޖޭގެ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ތަރިންނާއެކު ގިނަ ފިލްމުތަކާއި ވެބް ސީރީޒްތަކުން އޭނާ ފެނިގެން ގޮސްފައިވެއެވެ. މި އުފެއްދުންތަކުގައި އޭނާ މުހިންމު ރޯލުތަކެއް އަދާކޮށްފައި ވީނަމަވެސް، އޭނާ ގިނައިން ފެނިފައިވަނީ ސަޕޯޓިން އެކްޓަރެއްގެ ގޮތުގައެވެ.  

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;