ads
ވިލިގިލި މަގުމަތި - ފޮޓޯ: ޑެސްޑިނޭޝަން ގައިޓްސް
ވިލިމާލެ ފުނަވަލުގައި އަޅަން އުޅުނު އެއް ޓަވަރު އެެހެން ތަނަކަށް ބަދަލުކޮށްފި
ގަސްތައް ކަނޑަންޖެހޭތީ، ވިލިމާލޭގައި އިމާރާތްކުރާ ހައުސިން ޔުނިޓް ޓަވަރެއް އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމައިފި އެވެ.
Advertisement

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ސްކީމްގެ ދަށުން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި 3،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓު އަޅަން ވަނީ ނިންމައިފަ އެވެ.

އެ މަޝްރޫއުގެ ތެރެއިން ބައެއް ގަސްތައް ކަނޑާ ކަމަށް ބުނެ، އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ މަޝްރޫއު ހުއްޓުވައިދޭން އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް އޮތީ ހުށަހަޅައިފަ އެވެ.

މީގެ ތެރެއިން ޓަވަރެއް އެހެން ސަރަހައްދެއްގައި އެޅުމަށް ނިންމިކަން އިއުލާންކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ.

"މާލެ ސަރަހައްދުގައި ހިއްކާފައިވާ އަދި ހިއްކަމުންދާ ބިންތަކަކީ ރައްޔިތުންނަށް ގޯތި ދީފައިވާ ބިންތައް ކަމަށްވުމާ އެކު ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަމުގައި އުޅެމުންދާ އާއިލާތަކަށް ބޭނުންވާ ފުލެޓު ޢިމާރާތްކުރުމުގައި ލިބެން ހުރި ބިންތައް މަދުވުމަކީ މިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ." މުއްތަލިބް ވިދާޅުވި އެވެ.

އެ ގޮންޖެހުންތަކާއެކު ވެސް، ސަރުކާރުން އަބަދުވެސް ބެލީ ވިލިމާލޭގައި ބޮޑެތި ފުނަގަސް ނުކަނޑައި، އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ގަސްތައް ކެނޑުމުގެ ބަދަލުގައި އެއް ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިމާވެށީގެ ހައްގުގައި މަސައްކަތް ކުރާ "ސޭވް މޯލްޑިވްސް" އިން މީގެ ކުރިން އާންމުކުރި ސިޓީއެއްގައި ވަނީ ޗައިނާ ސަރުކާރުގެ އެހީގައި ތަރައްގީކުރާ އެ ހޮސްޕިޓަލް އެޅުމަށް 50 އަށްވުރެ ގިނަ ގަސް ހުރި ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށެވެ.

ވިލިމާލޭ 300 އެފޯޑަބަލް ހައުސިން މަޝްރޫއުގެ ބިންގާ އެޅީ މިއަހަރުގެ މާޗް މަހު އެވެ.

މި މަޝްރޫއުގެ ދަށުން 17 ފަންގިފިލާގެ 3 ޓަވަރު ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރަނީ ބޮޑުމިނުގައި 900 އަކަފޫޓު ހިމެނޭ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;