ads
ޕެޓްރިކް ސްޓެވާޓް
ސްޓާ ޓްރެކްއިން މަޝްހޫރުވި ފިލްމީ ތަރި ސާ ޕެޓްރިކް ސްޓެވާޓް މަރުވެއްޖެ
ދުނިޔޭގެ މަޝްހޫރު އަދި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ އެވެ.
Advertisement

އޭނާ މަރުވި ހަބަރާއެކު މުޅި ދުނިޔޭގެ ފިލްމީ ދާއިރާއަށް ބޮޑު ސޫކެއް ލިބިގެންގޮސްފައިވާއިރު، އެކި ކަންކޮޅުތަކުން ދަނީ ހިތާމަ ފާޅުކުރަމުންނެވެ.

ސަރ ޕެޓްރިކް ސްޓެވާޓަކީ ބައިނަލްއަގްވާމީ ފެންވަރުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ލެޖެންޑަރީ އެކްޓަރެކެވެ. އޭނާގެ ކުޅަދާނަ އެކްޓިންއާއެކު އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ރޯލަކީ "ސްޓާ ޓްރެކް" ފްރެންޗައިޒްގައި ކެޕްޓަން ޖީން-ލޫކް ޕިކާޑްގެ ރޯލެވެ. މީގެ އިތުރުން "އެކްސް-މެން" ފިލްމު ސީރީޒްގައި ޕްރޮފެސަރ އެކްސްގެ ގޮތުގައި އޭނާ ދައްކުވައިދިން މޮޅު އެކްޓިންއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސިނަމާގެ މުޚާތަބުންގެ ހިތްތަކުން ހާއްސަ ޖާގައެއް ހޯދި މަޝްހޫރު ރޯލެކެވެ.

އޭނާ މަރުވުމާ ގުޅިގެން، އޭނާއާއެކު ފިލްމީ ދާއިރާގައި މަސައްކަތްކުރި އެކްޓަރުންނާއި، ފިލްމު ޑައިރެކްޓަރުންގެ އިތުރުން މުޅި ދުނިޔޭގައި ތިބި އޭނާގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ އޭނާގެ ހަނދާންތައް އާކޮށް، ތައުޒިޔާގެ މެސެޖުތައް އޮއްސަމުންނެވެ. 

ސަރ ޕެޓްރިކް ސްޓެވާޓް ވަކިވެދިއުމަކީ މުޅި ދުނިޔޭގެ ފިލްމީ އާއިލާއަށް ލިބިގެންދިޔަ ބޮޑު ފަޅުކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް