ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު، ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ހަތަރު މެންބަރަކު އައްޔަންކުރި ކަމަށް ބުނި ނަމަވެސް، ބޯޑަށް ގެނައި ބަދަލުގެ އިތުރު ތަފުސީލެއް ދީފައިވެ އެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޑިރެކްޓަރުންނަށް އައްޔަނުކޮށްފައިވަނީ:
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑަށް ބޭފުޅުންތަކެއް އައްޔަން ކުރެއްވިއިރު ޕީސީބީގެ ވެބްސައިޓްގައިވާ މައުލޫމާތުތަކަށް ބަލާއިރު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑުގައި މިހާރުވެސް ހަތް ބޭފުޅުން އެބަ ތިއްބެވި އެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަކީ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ސިންދަފާތު ކުރުމަށްޓަކައި އިސްތިރާޖީ ގޮތެއްގައި ސަރުކާރުގެ ފަރާތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިސްތިހާރުކޮށް ޕްރޮމޯޓު ކުރުމަށާއި، މަތީ ފެންވަރުގައި ދުނިޔޭގައި ފާހަގަކުރެވޭ ފަދަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ކުރަންޖެހޭ މާކެޓިން، ޕްރޮމޯޝަން އަދި އިސްތިހާރު ކުރުމުގެ އެންމެހައި މަސައްކަތް، ސީދާ ގޮތުންނާއި އިސްތިރާޖީ ގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި މެދުކެނޑުމެއް ނެތި ކުރުމަށް އެކުލަވާލާފައިވާ ކުންފުންޏެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;