ads
ފެނަކަ
މައްސަލައެއް އުޅޭ ކަމަށް ޝައްކު ކުރެވޭ ބިލުތައް ފެނަކައިން ޗެކްކޮށްދެނީ!
މާޗް މަހުގެ ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރާތީ، މައްސަލައެއް އުޅޭ ކަމަށް ޝައްކު ކުރެވޭ ބިލްތައް ޗެކްކޮށްދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
Advertisement

ނިމިދިޔަ ރަމަޟާން މަހު ކަރަންޓު ބިލުން ޑިސްކައުންޓް ދީ، ކޮންމެ ގޭބިސީއަކަށް ވެސް ފޮނުވައިފައިވަނީ 400 ރުފިޔާގެ ބިލެކެވެ. ނަމަވެސް އޭގެ ފަހުން ލިބުނު ކަރަންޓު ބިލުތައް އެހެން މަސްތަކާ އަޅައިބަލާއިރު މާ ބޮޑު ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އާންމުންގެ މި ޝަކުވާތަކާ ގުޅިގެން ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހުގެ ރީޑިން ނެގުމުގަ އާއި ކަރަންޓު ބިލު ތައްޔާރުކުރުމުގައި އެ ކުންފުނިން އަމަލުކޮށްފައިވަނީ އާންމު އެހެން މަސްމަހުގައި ވެސް އަމަލުކުރަމުންދާ އުސޫލުން ކަމަށެވެ.

އެ އުސޫލަކީ ގާނޫނާއި ގަވާއިދުތަކުން ކަނޑައެޅި، އާންމުކުރެވިފައި އޮންނަ އުސޫލެއް ކަމަށް ވެސް ފެނަކައިން ބުންޏެވެ.

"އެ އުސޫލާ ހިލާފަށް މި ކުންފުނިން ހިދުމަތް ދެމުންދާ އެއްވެސް ފަރާތެއްގެ ބިލެއް ތައްޔާރުކޮށް، ބިލަށް އުނި އިތުރެއް ގެނެސްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ފެނަކައިން ނެރުނު ބަޔާނުގައިވެ އެވެ.

މީގެއިތުރުން ފެނަކައިން ތައްޔާރުކޮށްފައިވާ އެއްވެސް ބިލެއްގައި މައްސަލައެއް އުޅޭކަމަށް ޝައްކު ކުރެވިގެން ރީޑިން އިތުރަށް ޗެކްކުރަން ބޭނުންވާނަމަ އެ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށްވެސް ފެނަކައިން ބުންޏެވެ.

ކޮންމެ އަހަރެއްގެ ވެސް މާޗް މަހާއި އޭޕްރީލް އަދި މެއި މަސް ހިމެނޭ ދުވަސްވަރަކީ އެންމެ ގިނަ އަދަދަކަށް ކަރަންޓު ބޭނުން ކުރެވޭ ދުވަސްވަރު ކަމަށްވާތީ ކަަރަންޓް ބޭނުން ކުރުމުގައި ސަމާލުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;