ads
އަދަދު ނޫހުގެ އޮފީސް ތެރޭ ފުލުހުން
ޑޮކިއުމެންޓަރީ މައްސަލާގައި ފުލުހުން އަދަދު ނޫސް އޮފީހަށް ވަދެ ބަލާފަސްކުރަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތެއްކޮށް އަދަދު ނޫހުން އުފައްދި ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން އެ ނޫހުގެ އޮފީހަށް ވަދެ ބަލައި ފާސްކުރަން ފަށައިފައިވާ ކަމަށް އެ ނޫހުން ބުެފިއެވެ.
Advertisement

އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެފައި މިވަނީ އެ ނޫހުން  ފެތުރީ ދޮގު ވާހަކަތަކެއްކަމަށް ވިދާޅުވެ  އެ މައްސަލަ ބަލާ ފިޔަވަޅު އަޅަން އެދޭކަމަށް ރައީސް މުއިއްޒު މިއަދު ވިދާޅުވެފައި ވަނިކޮށެވެ. 

އަދަދު ނޫހުން ބުނީ، ފުލުހުން މިރޭ އެ އޮފީހަށްވަނީ ވަނީ ކޯޓު އަމުރަކާއެކު ކަމަށެވެ.  އެ އަމުރުގައިވާ ގޮތުން ފުލުހުން ވަދެފައިވަނީ ޑޮކިއުމެންޓްރީގެ މައްސަލައިގައި ކަމަށް އެ ނޫހުން ބުނެއެވެ. 

މިކަމާއި ގުޅިގެން ފުލުހުން ބުނީ، އެ މުއައްސަސާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ.

ރައީސް އޮފީހުގައި، ވަކިން އަންހެނަކާއި ބައްދަލުކުރެއްވިކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލުކުރުމުން ރައީސް މުއިއްޒު ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި ދޮގު ވާހަކަތައް ފެތުރި ފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އަޅަން އެދޭކަމަށް އެމަނިފާނު ވާނީ ހާމަކުރައްވާފައެވެ. 

" އާދެ ކަނޑައެޅިގެން ދޮގު ވާހަކައެއް.... މިފަދަ ދޮގު ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކާއި ދެކޮޅަށް ދައުވާކުރަން އަޅުގަނޑު އެދެން ކަމާއި ބެހޭ ހުރިހާ ފަރާތްތަކެއްގެ ކިބައިން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ނޫހަކުން އާންމު ކުރި ވީޑިއޯއެއްގައި އަންހެނަކު ވަނީ ކާކުކަން ނޭނގޭ ގޮތަށް ރައީސް މުއިއްޒުއާ ގުޅުވައި އަހުލާގީ ގޮތުން ދަށް ވާހަކަތަކެއް ދައްކާފައެވެ. އަދި ރައީސް އޮފީހުގައި ރައީސް އަށް ހާއްސަ މާލަމެއްގައި އިސްލާމީ އަހުލާގުން ބޭރު އަމަލުތަކެއް ރައީސްއާ އެކު ހިންގިކަމަށްވެސް އެ އަންހެން މީހާ އެ ވީޑިއޯގައި ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;