ads
ސަރުވަޝް އާދަމް . އޭނާ ވަނީ އެމްޑީޕީއާ ގުޅުނުކަން ރޭ އިއުލާންކޮށްފައި
ސަރްވަޝް އެމްޑީޕީއާ ގުޅިއްޖެ
ފިނޭންސް މިނިސްޓްރީގައި ގިނަ ދުވަސްތަކެއްދެން މަސައްކަތް ކުރެއްވި ސަރުވަޝް އާދަމް އިދިކޮޅު އެމްޑީޕީއާ ގުޅުނުކަން އިއުލާންކޮށްފިއެވެ.
Advertisement

އެމްޑީޕީއާ ގުޅުނުކަން ސަރުވަޝް އިއުލާންކުރީ ރޭ އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އޭނާ ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ހިދުމަތްތެރި، މިހާތަނަށް ރާއްޖެއަށް ގިނަ ގުނަ ހެޔޮ ބަދަލުތަކެއް ގެނެސް ދީފައިވާ ޕާޓިއެއްކަމަށެވެ. އޭގެ ތެރޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އޭގެ އިތުރުން ހިންގުމުގެ ނިޒާމް އިސްލާހު ކުރުމާއި ހައްގުތައް ހޯދައި ދިނުމާއި އިޖުތިމާއީ އަދާލަތު ގާއިމް ކުރުމާއި އިގްތިސާދީ ތަރައްގީގެ ރޮނގުން ވެސް އެމްޑީޕިން ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާކަމަސްވެސް ސަރުވަޝް ވިދާޅުވިއެވެ. 

އަދި އެމްޑީޕީއާ ގުޅުނީ ރާއްޖެއަށް ހެޔޮ ބޮޑު ބަދަލެއް ގެންނާނީ އެމްޑީޕީންކަމަށް ގަބޫލުކުރައްވާތީކަމަށެވެ. 

" މިކަންކަން ބަދަލު ކުރެވޭނީ، އަޅުގަނޑު ދެކޭ ގޮތުގައި އަދިވެސް އެމްޑީޕީއަށް. ރާއްޖެއަށް ހެޔޮ ބޮޑު ބަދަލެއް ގެންނާނީ އެމްޑީޕީން. އެހެން ކަމުން ރާއްޖޭގެ ސިޔާސީ މާހައުލަށް މި ގެންނަ އިސްލާހީ ބަދަލުތަކުގައި ވާގިވެރިވެ، އަމަލީ ގޮތުން ބައިވެރިވުމަށް އަޅުގަނޑު މިއަދު އެމްޑީޕީއަށް ވަދެއްޖައިން." ސަރުވަޝް ވިދާޅުވިއެވެ.

ސަރުވަޝް ވަނީ ފިނޭންސް މިނިސްޓްރީގެ އިތުރުން ޕެންޝަން އޮފީހާއި މީރާގައިވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި ދައުލަތުގެ ބަޖެޓް ހެދުމުގައިވެސް ގިނަ އަހަރުތަކެއްގައި އޭނާ މަސައްކަތް ކުރެއްވިއެވެ. ނުވަ އަހަރަށް ފަހު ސަރުވަޝް ފިނޭންސް މިނިސްޓީގެ ވަކިވެވަޑައިގެންނެވީ 2024 ގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;