ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރި އީޝާ އަޝްރަފުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލްކޯޓުން ނެރުނު އަމުރު ފުލުހުން ވަނީ އޭނާ ހުޅުމާލޭގައި އުޅޭ ގެއަށް ގޮސް ރައްދުކޮށްދީފައެވެ.
ކޯޓުން ނެރުނު އަމުރުގައި ވަނީ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އީޝާގެ ޕާސްޕޯޓް އަދި ޓްރެވެލް ޑޮކިއުމަންޓްތައް ހިފެހެއްޓުމަށް އަމުރުކޮށްފައެވެ. އަމުރުގައި ބުނެފައިވަނީ އަދަދު ނޫހުން ގެނެސްސިން އައިޝާ ޑޮކިއުމެންތްރީ އުފެއްދުމުގައި އިޝާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭކަމަށެވެ. އަދި އޭނާ ރާއްޖޭން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.
' އައިޝާ' ގެ ނަމުގައި އަދަދު ނޫހުން އުފެއްދި ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން އެ ނޫހުގެ އޮފީހަށް ރޭ ވަދެ ވަނީ ބަލައި ފާސްކޮށްފައެވެ. އަދި އެނޫހުގައި މަސައްކަތް ކުރަން ބޭނުންކުރާ ހުރީ ކޮމްޕިއުޓަރު ސިސްޓަމްތައް ފުލުހުން ގެންގޮސްފައިވާކަމަށް އެ ނޫހުން ބުނެއެވެ.
އޭގެ އިތުރުން އެ ތަނުގެ ސީއީއޯ އަދި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު 3 މަހަށް ހިފަހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;