ads
ވ. ވައްޓަރާ
ގުދުރަތީގޮތުން މުއްސަނދި ވ. ވައްޓަރު ހިމާޔަތްކޮށްފި
ގުދުރަތީ ގޮތުން މުއްސަނދި ވ. ވައްޓަރާއި އެ ރަށް ހިމެނޭ ސަރަހައްދު، ސަރުކާރުން ހިމާޔަތްކޮށްފި އެވެ.
Advertisement

މ. އަތޮޅުގެ އުތުރުގައި އޮންނަ ވައްޓަރު ސަރަހައްދުގައި 9،718.5 ހެކްޓަރު ހުންނައިރު، ވައްޓަރު ރަށުގެ ބޮޑުމިނަކީ 1.4 ހެކްޓަރެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ގެޒެޓުގައި ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، ވައްޓަރު ރަށުގެ ހުޅަނގު ފަރާތުގައި ޗަސްބިމެއް ހެދިފައިވާއިރު، އެ މާހައުލަކީ ކަނޑުލުގެ ކުދިބޮޑު ގަސްގަހާގެހި ހެދިފައިހުރި، ސިއްހަތު ރަނގަޅު ވެއްޓެކެވެ.

މިނިސްޓްރީގެ އިއުލާނުގައި ވަނީ، ވައްޓަރުގައި ކުރުން މަނާ ކަންކަންވެސް ހިމަނައިފަ އެވެ. އެ ކަންކަމަކީ:

  1. އެއްވެސް ދިރުމެއްގެ ބިސް ނެގުމާއި ހާއްޔަށް ގެއްލުންދިނުން
  2. އެއްވެސް ބާވަތެއްގެ ދިރުމެއް ތައާރަފްކުރުން
  3. އެއްވެސް ބާވަތެއްގެ ކުނި އެޅުން
  4. އުމްރާނީ ތަރައްގީގެ މަސައްކަތެއް، ނުވަތަ އިންފްރާސްޓްރަކްޗާ ގާއިމްކުރުން
  5. އެ ތަނުގައިވާ ދިރުންތަކުގެ އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަކޮށް، ރޭގަނޑު އަލިކުރުން
  6. މަސްމަހާއިމެއްސާއި ދޫނިސޫފާސޫފި ހިމެނޭހެން، އެއްވެސް ދިރޭ އެއްޗަކަށް ކާންދިނުން، ނުވަތަ ކާން އެޅުން
  7. ބިން ހިއްކުމާއި ފަޅު ފުންކުރުން
  8. ހަވީރު 5:30 އާއި އިރުއޮއްސި 6:30 އާ ދެމެދު ޒިޔާރަތްކުރުން

މިނިސްޓްރީން ބުނި ގޮތުގައި، މިތަން ހިމާޔަތް ކުރުމުގެ މަގްސަދަކީ މި ސަރަހައްދު ރައްކާތެރިކޮށް، ރާއްޖެ އާއި ދުނިޔެއިން ވެސް ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަނޑުގެ ނަސްލުތައް ހިމާޔަތް ކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;