އިލެކްޝަންސް ކޮމިޝަނުން މިގޮތަށް އިލްތިމާސްކޮށް ސިޓީ ފޮނުވާފައިވަނީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްއަށެވެ.
އަދި ޕީއެންއެފްގެ މުޒާހަރާތަކުގައި އާންމު އިޖްތިމާއީ މިންގަނޑާ ހިލާފު ވާހަކަ ދައްކާ ކަމަށް ބުނެ ޗެނަލް 13 އިން ބްރޯޑްކާސްޓު ނުކުރަން މީޑިއާ ކޮމިޝަނުން ވެސް ވަނީ އަންގާފައި އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކުން ސަރުކާރަށް ލިބުނު ނާކާމިޔާބީތަކާ ގުޅުވައި، ޕީއެންއެފްއިން އަންނަނީ މާލޭގައި މުޒާހަރާ ކުރަމުންނެވެ. އިދިކޮޅު އެމްޑީޕީން ވެސް އަންނަނީ ސިލްސިލާ ގޮތެއްގައި މުޒާހަރާތައް ބާއްވަމުންނެވެ.
އެ ކޮމިޝަނުގެ ވެބްސައިޓްގައި ޝާއިއުކުރި ލިޔުމެއްގައިވާ ގޮތުން ގާނޫނާއި ގަވާއިދުގެ މިންގަނޑުގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި މައިގަނޑު ދެކަމެއް ނުކުރަން އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ އިތުރުން ޕީއެންއެފަށް އެންގި އެވެ.
އެއް ކަމަކީ އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވާހަކަ އާއި ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމެވެ. ދެވަނަ ކަމަކީ މަގުތަކާއި އާއްމު މައިދާންތަކުގައި އެއްވުންތަކާއި ބައްދަލުވުންތައް ނުބޭއްވުމެވެ.
އެ ކޮމިޝަނުން ވަނީ، ގާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ޢާންމު ބައްދަލުވުންތަކާއި، ހަރަކާތްތައް ނުބޭއްވުމަށް އިލްތިމާސްކޮށް ނަސޭހަތްތެރިވެފަ އެވެ. އަދި ގާނޫނީ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަށް ކޮމިޝަނުން މަރުހަބާ ކިޔާނެ ކަމަށްވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;