ads
ތެޔޮ އެކްސްޕޯޓުކުރާ ގައުމުތަކުގެ އިއްތިހާދު، އޯޕެކްއިން ޔޫއޭއީ ވަކިވެއްޖެ
ތެޔޮ އެކްސްޕޯޓުކުރާ ގައުމުތަކުގެ އިއްތިހާދު، އޯޕެކްއިން ޔޫއޭއީ ވަކިވެއްޖެ
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތައް އަރާފައިވާ މި ދަނޑިވަޅުގައި، ދުނިޔޭގައި ތެޔޮ އެކްސްޕޯޓުކުރާ ގައުމުތަކުގެ އިއްތިހާދު، އޯޕެކްއިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ވަކިވެއްޖެ އެވެ.
Advertisement

އޯޕެކް އުފެއްދީ 1960 ވަނަ އަހަރު އީރާން، އިރާގު، ކުވޭތު ސައުދީ އަރަބިއްޔާ އަދި ވެނެޒުއެލާއިން ގުޅިގެންނެވެ. އެ ކުންފުނީގެ އަމާޒަކީ މެމްބަރު ގައުމުތަކަށް އެއްވަރެއްގެ އާމްދަނީއެއް ހޯދުމަށް ގުޅިގެން މަސައްކަތް ކުރުމެވެ. ޔޫއޭއީ ވަކިވުމުން އޯޕެކްގެ މެމްބަރު ގައުމުތަކުގެ އަދަދު 11 އަށް މަދުވާނެ އެވެ.

ޔޫއޭއީގެ އެނާޖީ މިނިސްޓަރު ސުހައިލް މުހައްމަދު އަލް މަޒްރޫއީ ރޮއިޓާސް އަށް ވިދާޅުވެފައިވާ ގޮތުގައި އެ ނިންމުން ނިންމީ އެ ގައުމުގެ ހަކަތައިގެ ސްޓްރެޓެޖީއަށް ވަރަށް ފަރުވާތެރިކަމާ އެކު ބަލައިގެންނެވެ. 

ޔޫއޭއީ އަކީ އޯޕެކްގައި ހިމެނޭ އެންމެ ނުފޫޒުގަދަ އަދި އެންމެ ގިނައިން ތެޔޮ އުފައްދާ އެއް ގައުމަށް ވާއިރު، އެ ގައުމުން މި ނިންމި ނިންމުމުގެ ސަބަބުން ބައިނަލްއަގުވާމީ ތެލުގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މާހިރުން ލަފާކުރެއެވެ. މިއީ ފަހުގެ ތާރީހެއްގައި އޯޕެކްގެ އެއްބައިވަންތަކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. 


ޔޫއޭއީން މިގޮތަށް ނިންމީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރެކޯޑް ކުރެވިފައިވާ ތެލުގެ ސަޕްލައިއަށް ފާއިތުވެދިޔަ އަހަރުތަކުގައިވެސް ނުލިބޭ ވަރުގެ ގެއްލުމެއް ލިބިފައިވާ ކަަމަށް، ވޯލްޑް ބޭންކުން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;