ads
ރައީސް މުއިއްޒު ޒަމީރު އަރިހުގައި
ތެލުގެ ރިޒާވް ގާއިމްކުރަން މާލެ ސަރަޙައްދުގެ ދެ ފަޅެއް ބަލަނީ
ރާއްޖޭގައި ދިގު މުއްދަތަކަށް ތެޔޮ ރައްކާ ކުރެވޭ ގޮތަށް ތެލުގެ ރިޒާވް ޤާއިމްކުރުމަށް މާލެ ސަރަޙައްދުގެ 2 ފަޅެއް ބަލަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ކްރައިސިސް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އެސްޓީއޯ މެދުވެރިކޮށް، ނޭޝަނަލް އޮއިލް ރިޒާވް ގާއިމްކުރުމުގެ މަސައްކަތުގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށެވެ. 

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފިއުލް ސްޓޯރޭޖެއް ހަދަނީ މާލެ ކައިރީގައި ކަމަށާއި މިހާރު ކުރަމުން އަންނީ ތަނެއް ކަނޑައެޅުމުގެ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ. 

"ތެލުގެ ރިޒާވް ހުންނަން ޖެހޭ. ފައިނަލް ޕްލޭން އެކުލަވާލާއިރު ސްޓޮކް ބެހެއްޓޭނެ މިންވަރާ ގުޅޭގޮތުންވެސް ޕްލޭންތައް ހަދާނެ." ޒަމީރު ވިދާޅުވި އެވެ.


އިންޑިއާ ކަނޑަކީ، ތެލުގެ ސްޓޮކް ބަހައްޓައިގެން މަސައްކަތް ކުރާ ކުންފުނިތައް ހުންނަ ސަރަހައްދެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ރާއްޖޭގެ ރިޒާވް ގާއިމްކުރުމަށްފަހު އެއްބައި ރާއްޖޭގެ ބޭނުންތަކަށް ރައްކާ ކުރެވޭނެ ކަމަށެވެ. އަދި ބާކީ ހުންނަ ބައި ކުއްޔަށް ދޫކުރެވިދާނެ ކަމަށެވެ. 

ރާއްޖޭގައި ދިގު މުއްދަތަކަށް ތެޔޮ ރައްކާ ކުރެވޭ ގޮތަށް ތެލުގެ ރިޒާވްއެއް ގާއިމްކުރަނީ، 1 އަހަރު ދުވަހަށް ބޭނުންވާނެ ވަރަށެވެ. މިއީ، 5 އަހަރު ދުވަހުގެ ޕްލޭންގެ ދަށުން ކުރިއަށް ގެންދާނެ މަޝްރޫއަކަށް ވާއިރު، ފޭސް 1ގެ މަސައްކަތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަކީ ސަރުކާރުގެ އަމާޒެކެެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުރުރާސްތާ އަށް ވިސްނައިގެން އަޅައި ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރަން ނިންމާފައިވާ ކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، މިދިޔަ މަހު 23 ގައި ބޭއްވެވި ބައްދަލުވުމުގަ އެވެ. 

މި މަސައްކަތުގައި ކޮންމެ މަރުހަލާއަކަށް ގާތްގަނޑަކަށް 150 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެ ކަމުގައި އަންދާޒާކުރެއްވޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އެއިން ކޮންމެ މަރުހަލާއެއްގައި ދެމެހެއްޓެނެވިކަމާއި، އިގުތިސާދީ ގޮތުން އެކަމެއްގެ ފީސިބިލިޓީއަށް ބަލައިގެން މަސައްކަތްކުރުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;