ads
އަމީނީމަގުގައި ހުންނަ އެމްޑަބްލިއުއެސްސީގެ ހެޑް އޮފީސް
އެމްޑަބްލިއުއެސްސީގެ ހޮޓްލައިން ނަމްބަރުތައް: ޚިދުމަތްތަކަށް 1575، ކުއްލި ހާލަތްތަކަށް 105
މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ވީހާވެސް ލުއިފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން އެ ކުންފުނީގެ ހޮޓްލައިން ނަންބަރުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
Advertisement

އެގޮތުން ކުންފުނީގެ ޚިދުމަތްތަކާ ގުޅޭ އެންމެހައި މަޢުލޫމާތާއި ޢާންމު އެހީތެރިކަން ހޯއްދެވުމަށް މިހާރު ޚާއްޞަކުރެވިފައިވަނީ ކަސްޓަމަރ ކެއަރ ހޮޓްލައިން 1575 އެވެ. މި ނަންބަރުގެ ޚިދުމަތް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ދަންވަރު 12:00 އަށް ލިބޭނެއެވެ. އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށާއި ފަސޭހައިން ކުންފުނި ދެނެގަތުމަށްޓަކައި، އެމްޑަބްލިޔުއެސްސީން ކަސްޓަމަރުންނަށް ގުޅާ ވަގުތުތަކުގައި ފޯނު ސްކްރީނުން ފެންނާނީވެސް މި ނަންބަރު ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.

މީގެއިތުރުން، އެމްޑަބްލިޔުއެސްސީގެ 105 ނަންބަރަކީ ހަމައެކަނި ކުއްލި ޙާލަތްތަކުގައި ގުޅުމަށް ޚާއްސަކުރެވިފައިވާ އެމަޖެންސީ ހޮޓްލައިން ނަންބަރެކެވެ. މި ނަންބަރުގެ ޚިދުމަތް ހަފުތާގެ 7 ދުވަހު، 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބެމުންދާނެއެވެ.

އެމްޑަބްލިޔުއެސްސީގެ މައިގަނޑު އަމާޒަކީ ކަސްޓަމަރުންނަށް ދެމުންގެންދާ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި، ވީހާވެސް ގާތުން އަދި ފަސޭހަކަމާއެކު ފޯރުކޮށްދިނުން ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ. ވީމާ، ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ ނަންބަރުތައް ބޭނުންކުރުމަށް އެ ކުންފުނިން ވަނީ ހަނދާން ކޮށްދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް