ads
ބަނގުރާ ގެންގުޅުނު ލަންކާ ގްރޫޕެއް ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅުނު ލަންކާ ގްރޫޕެއް ހައްޔަރުކޮށްފި
ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ތިން މީހުން ހައްޔަރުކޮށްފިއެވެ.
Advertisement

މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލަންކާ ތިން މީހުންނެވެ. އެއީ މަހޭސް އިންދިރާޖިތް ސިލްވަ (42އ) އާއި ކަލްޔަނި އެޑިރިސިންގިހި އައްޕުހަމިލަގެ (48އ) އާއި މަންޖުލަ ކުމަރަ ރަތްނަޔަކެ މުޑިޔަންސެ (50އ) އެވެ. 

ފުލުހުން ބުނިގޮތުގައި މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ މި މަހު 28 ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި މާލޭގެ ގެއެއް ބަލައި ފާސްކޮށްފައެވެ. އެ ގެ ބަލައިފާސްކުރި އިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500އެމްއެލްގެ 24 ފުޅިއާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ޓައްޕެއް ފެނިފައިވެއެވެ. މީގެ އިތުރުން، 38000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 1100 އަށްވުރެ ގިނަ ޔޫއެސް ޑޮލަރު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު ޑީޕޯޓުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައި ކަމަށްވެސް ފުލުހުން ބުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;