ads
ބިންވެރިޔާ ސްކީމްގެދަށުން، ގުޅިފަޅުން ގޯތި ލިބުނު ބަޔަކު ބިމާއި ހަވާލުވަނީ
ކުރީގެ ގޯތި ދޫކޮށްލާ މީހުން ކުރިމަތިލާން އަންނަ މަހު ހުޅުވާލަނީ، ބިންދެނީ ރަސްމާލެއިން
ކުރިން ލިބިފައިވާ ފްލެޓާއި ގޯތި ދޫކޮށްލާފައި އަލުން ކުރިމަތިލާ އެދޭ މީހުންނަށް ބޯހިޔާވަހިކަމަށް ކުރިމަތިލާން އަންނަ މަހު ހުޅުވާލާނެ ކަމަށް ހައުްސިން މިނިސްޓްރީން ބުނެފިއެވެ.
Advertisement

ކުރިން ލިބިފައިވާ ފްލެޓާއި ގޯތި ދޫކޮށްލާފައި އަލުން ކުރިމަތިލާ މީހުންނަށް ހާއްސަ ކެޓަގަރީއެއް ހިމަނައި  "ބިންވެރިޔާ" ހާއްސަ ސްކީމާ ގުޅޭ އުސޫލު ހައުސިން މިނިސްޓްރީން ރޭ ވަނީ އާއްމުކޮށްފައެވެ. 

އެ އުސޫލުގައިވާ ގޮތުން ގޯތި ދޫކޮށްލާ މީހުންނަށް އަަލުން ގޯތި ދޭނީ ރަސްމާލެއިންނެވެ. ގޯތީގެ ބޮޑުމިނަކ،ީ 1,250 އަކަފޫޓެވެ. ފްލެޓް ދޫކޮށްލާ މީހުންނަށް ފްލެޓު ދޫކުރެވޭނ،ީ ގްރޭޓަރ މާލޭ ސަރަހައްދުންކަމަށް ހައުސިން މިނިސްޓްރީގެ އުސޫލުގައިވެއެވެ. 

އާ އުސޫލުގެ ދަށުން ހާއްސަ ސްކީމުގައި ތިން ކެޓަގަރީއެއް ވަނީ މިހާރު ހިމަނާފައެވެ. 

  • ކެޓަގަރީ 1: ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ މީހުން

  • ކެޓަގަރީ 2: ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު މީހުން

  • ކެޓަގަރީ 3: ބިންވެރިޔާ ސްކީމްގެ ދަށުން ލިބުނު ގޯތި ދޫކޮށް ފުލެޓަށް އެދޭ ސިންގަލް އެޕްލިކޭޝަނެއް ހުށަހެޅި މީހުން ނުވަތަ ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދޭ ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅި މީހުން

މި އުސޫލުގައިވާ ގޮތުން ދޫކުރާނީ ދެ މޮޑެލެއްގެ ފްލެޓެވެ. އެއީ އެފޯޑަބަލް ހޯމް އޯނާޝިޕް މޮޑެލާއި ރެންޓް ޓު އޯން މޮޑެލްއެވެ. 

އެފޯޑަބަލް ހޯމް އޯނާޝިޕް މޮޑެލުގެ ފްލެޓްތަކަށް އެއްފަހަރާ ފައިސާ ދައްކަންޖެހެއެވެ. ރެންޓ-ްޓ-ުއޯން މޮޑެލްއަކ،ީ މި އުސޫލުގެ ދަށުން ފުލެޓު ހަވާލުކުރެވޭ ފަރާތުން މަހުން މަހަށް ފައިސާ ދައްކަންޖެހޭ އަދި ޔުނިޓުގެ ޖުމުލަ އަގު ކުލީގެ ގޮތުގައި ދައްކައި ނިމުމުން ފުލެޓު ލިބުނު ފަރާތަށް ޔުނިޓު މިލްކުކުރެވޭ މޮޑެލްއެކެވެ. އެ މޮޑެލްއަށް ޝަރުތު ހަމަވާނ،ީ އެޕްލިކަންޓުގެ ކޮންމެ މަހެއްގެ ޖުމުލަ އާމްދަނީގެ ގޮތުގައި 60,000/- )ފަސްދޮޅަސް ހާސް) ރުފިޔާއަށް ވުރެ އާމްދަނީ ދަށްވުމާއެކ،ު މި އުސޫލުގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ ބޯހިޔާވަހިކަމުގެ ޝަރުތު ހަމަވާ ފަރާތްތައްކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. 

ހައުސިން މިނިސްޓްރީން ބުނީ މި ކެޓަގަރީން، ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލާނީ، އަންނަ މަހުގެ 10ގަ އެވެ. ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ އަންނަ މަހުގެ 31ގައިކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;