ޝަރުތުތަކުގެ ތެރޭގައި "ދިވެހިރާއްޖޭގެ ނޭޝަނަލް ސާވިސް ޕްރޮގްރާމް ފުރިހަމަކޮށްފައިވުން" ހިމަނާ ޕްރިޒަން އޮފިސާ ޓްރޭނީގެ މަގާމަށް ޖަލުތަކަށް މުވައްޒަފުން ހޯދަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އިއުލާންކޮށްފި އެވެ.

Advertisement
ކަރެކްޝަނުން ބުނީ މުވައްޒަފުން ހޯދަނީ މާފުށި ޖަލު / އައްސޭރި ޖަލު / އޯޕަން ޕްރިޒަން އައިލެންޑް އަށް ކަމަށެވެ. އެކަމަކު ބޭނުންވަނީ ކިތަން މީހުންނެއް ކަމެއް ބުނެފައެއް ނުވެއެވެ.
މި މަގާމަށް ހޮވޭ ފަރާތްތަކުން ޓްރެއިނިން ފުރިހަމަ ކުރުމުން މުސާރައިގެ ގޮތުގައި މަހަކު 15905 ރުފިޔާ ލިބޭނެކަަމަށެވެ. މީގެ އިތުރުން ފީލްޑް އެލަވަންސާއި ހުރުމާއި ކެއުމުގެެ އިތުރުން ބޭސްފަރުވާގެ ހަރަދުތައްވެސް ލިބޭނެކަަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެއެވެ.
މަގާމުގެ ޝަރުތުތައް
- ދިވެހި ރައްޔިތެއްކަމުގައިވުން.
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެވް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- ގްރޭޑް 10 ނިންމާފައިވުން. ނުވަތަ،
- ދިވެހިރާއްޖޭގެ ނޭޝަނަލް ސާވިސް ޕްރޮގްރާމް ފުރިހަމަކޮށްފައިވުން.
- އުމުރު 18 އަހަރު ފުރި 35 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
- ޕްރިޒަން އޮފިސަރެއްގެ ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކުކަމުގައިވުން.
- ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.
މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ލިޔެކިއުންތަކާ އެކު 2026 މެއި 14 ވާ ބުރާސްފަތި ދުވަހުގެ 18:00 ނިޔަލަށްމި މައި އެމް.ސީ.އެސް ޕޯޓަލް https://my.corrections.gov.mv/jobs މެދުވެރިކޮށް ފޮނުއްވުމަށް ކަރެކްޝަނުން ވަނީ އެދިފައެވެ.