ads
ބީއެމްއެލް އަދި އެސްއެމްޔޫގެ އިސް އޮފިޝަލުން. - ފޮޓޯ/ބީއެމްއެލް
ބީއެމްއެލްގެ މުވައްޒަފުން ކުރިއަރުވަން ސިންގަޕޯ މެނޭޖްމަންޓް ޔުނިވަސިޓީ އާ އެކު ސޮއިކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސިންގަޕޯ މެނޭޖްމަންޓް ޔުނިވަސިޓީ (އެސްއެމްޔޫ)އާ އެކު މުވައްޒަފުންގެ ލީޑަޝިޕް ތަރައްގީކުރުމާއި ޕްރޮފެޝަނަލް އެޑިއުކޭޝަން އަދި ގާބިލުކަން އިތުރުކުރުމަށްކުރެވޭ މަސައްކަތުގައި ދެ މުވައްސަސާގެ ދެމެދު ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
Advertisement

މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް އެކެޑަމީ އާއި އެސްއެމްޔޫގެ ޕްރޮފެޝަނަލް ތަމްރީނަށް ހާއްސަ އެސްއެމްޔޫ އެކެޑަމީއާ ދެމެދު މިހާރު ވެސް އޮތް ގުޅުން އިތުރަށް ފުޅާވެގެންދާނެ އެވެ.

ބީއެމްއެލް އިން އަންނަނީ މުވައްޒަފުން ތަރައްގީކުރުމަށާއި މުޅި މުއައްސަސާގެ ގާބިލުކަން އިތުރުކުރުމަށް އިންވެސްޓްކުރަމުންނެވެ. މިއީ ބޭންކުން ގެންނަމުން އަންނަ ހެޔޮ ބަދަލުތަކަށާއި ފެންވަރު ރަނގަޅު ބޭންކިން ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބޭ ބޮޑު އެހީތެރިކަމެކެވެ.

އެ އެއްބަސްވުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވީ އެ ޕާޓްނާޝިޕުން ރަނގަޅު ލީޑަރުން ބިނާކުރުމަށާއި ބޭންކުގެ ހުރިހާ ދާއިރާއެއްގެ ފަންނީ ގާބިލުކަން އިތުރު ކުރުމަށް ބެންކުން ކުރަމުންދާ މަސައްކަތްތައް ހާމަވެގެންދާ ކަމަށެވެ.

"އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، އިގްތިސާދު ބައްޓަންކުރުމުގައި އަޅުގަނޑުމެން މުހިންމު ދައުރެއް އަދާކުރަން. ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް، އަޅުގަނޑުމެން މި ބިނާކުރަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ސްޓްރަކްޗާޑް ތައުލީމީ ޕްރޮގްރާމްތަކެއް. މިއާއެކު އަޅުގަނޑުމެންގެ އިގްތިސާދުގެ ލީޑަރުންގެ ގޮތުގައި މުސްތަގުބަލުގައި ތިބޭނެ ފަރާތްތައް ބާރުވެރިކުރެވިގެން މިދަނީ." ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް، ބޭންކުން އަންނަނީ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.

ވޭތުވެދިޔަ އަހަރު އެސްއެމްޔޫއާ އެކު ކުރިއަށްގެންދިޔަ މުހިންމު ހަރަކާތްތަކުގެ ތެރޭގައި ބީއެމްއެލްގެ 40 މުވައްޒަފަކު ލީޑަޝިޕް ޕްރޮގްރާމްތައް ކާމިޔާބުކަމާ އެކު ނިންމާ އަދި އެ ކުންފުނީގެ އިސް 20 މުވައްޒަފަކު އެސްއެމްޔޫން ދޭ "އެގްޒެކެޓިވް ސެޓިފިކެޓް އިން ލީޑަޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް' ހާސިލުކުރި އެވެ. 

އަދި އިތުރު 20 މުވައްޒަފަކު ވަނީ އެސްއެމްޔޫން ހިންގި ސެޓިފިކެޓް ޕްރޮގްރާމެއް ނިންމުމަށް ފަހު ބީއެމްއެލް އެކަޑަމީ މެދުވެރިކޮށް "ސެޓިފިކެޓް އިން ލީޑަޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް" ހާސިލުކޮށްފައި އެވެ.

ބީއެމްއެލް އެކެޑަމީއަކީ ބޭންކުގެ މުވައްޒަފުންގެ ތައުލީމީ އަދި ފަންނީ ކުރިއެރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް އުފައްދާފައިވާ ތަނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;