ads
ޝަހީމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި
ކެންސަރަށް ފަރުވާ ހޯދަމުންދާ ޝަހީމަށް އެހީވުމަށް މިއަދު ބޮޑު ހަރަކާތެއް!
ކެންސަރަށް ފަރުވާ ހޯދަމުން އަންނަ އއ. ބޮޑުފޮޅުދޫ، ދެތަޑިމާގެ، އާދަމް ޝަހީމް (43) އަށް އެހީވުމަށް ބޮޑުފޮޅުދޫގައި މިއަދު ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފި އެވެ.
Advertisement

މިދިޔަ އަހަރުން ފެށިގެން ގޮހޮރުގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ޝަހީމް މިހާރު އޮތީ އިތުރު ފަރުވާއަށް އިންޑިއާގެ ބެންގަލޫރުގައި ހުންނަ މަނިޕާލް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ. އަމްރިތާ ހޮސްޕިޓަލުން ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯދުމަށް ފަހު އޭނާ މަނިޕާލް ހޮސްޕިޓަލަށް ބަދަލުކުރީ ބުދަ ދުވަހު އެވެ.

ޝަހީމަށް އެހީވުމުގެ ގޮތުން މިއަދު ހަވީރު ބާއްވާ ފަންޑްރެއިސިންގ އިވެންޓަކީ ޝަހީމްގެ އާއިލާގެ އެދުމުގެ މަތީން ބޮޑުފޮޅުދޫ ކައުންސިލުން އިންތިޒާމުކުރާ ހަރަކާތެކެވެ.

ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް "ސީއެންއެމް" އަށް ވިދާޅުވީ މިއަދު ހަވީރު ކުރިއަށްގެންދާ ހަރަކާތުގައި އޮންނާނީ ކާބޯތަކެތި ވިއްކުން ކަމަށެވެ. އެ ތަކެތި ވިއްކައިގެން ލިބޭ ފައިސާ ޝަހީމްގެ ފަރުވާއަށް ހަދިޔާކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އެ ހަރަކާތް ކުރިއަށްގެންދާ ސަރަހައްދުގައި ފަންޑު ފޮއްޓެއް ވެސް ބަހައްޓާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"މިފަހަރުގެ މި އިވެންޓަކީ އަޅުގަނޑުމެން ކައުންސިލާއި ރަށުގެ ހުރިހާ މުއައްސަސާތަކުގެ އިތުރުން ރަށުގަ ހިމެނޭ ހުރިހާ ކްލަބް ޖަމިއްޔާއެއް ޝާމިލުވާހެން ފަންޑްރެއިސް ކުރުމަށްޓަކައި ކުރިއަށް ގެންދެވޭ އިވެންޓެއް. ހަވީރު، ބޮޑުފޮޅުދޫ ބަނދަރު ސަރަހައްދުގަ ކުރިއަށްދާނީ." ޝުޖާއު ވިދާޅުވި އެވެ.

ޝަހީމްގެ ފަރުވާއަށް އެހީ ހޯދުމަށް ބާއްވާ މި ހަރަކާތުގެ ކަންކަމުގައި އޭނާގެ އާއިލާއިން ކައުންސިލާއި މުއައްސަސާތަކާ އެކު ވަރަށް ބޮޑަށް މަސައްކަތްކުރާކަމުގައި ވެސް ޝުޖާއު ފާހަގަކުރެއްވި އެވެ.

"އިވެންޓުގަ އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ ކާބޯތަކެތި ވިއްކުން، ދެން އެއީ ހަވީރު ސަޔަކާ އެކު. އޭގެ އިތުރުން އަޅުގަނޑުމެން ފަންޑު ފޮއްޓެއް ބަހައްޓާފަ ހުންނާނެ. އިވެންޓާ ގުޅިގެން ހިނގާ ހުރިހާ ކަމެއްގެ ފައިސާ ވެސް ޕޭޝަންޓަށް ލިބިގެންދާނީ." ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ ބޮޑުފޮޅުދޫގެ ކޮންމެ ރައްޔިތަކަށް މިފަދަ ކަމެއް ދިމާވި ނަމަވެސް ކައުންސިލުން އަބަދުވެސް އެހީ ހޯދައިދިނުމަށް ހަރަކާތްތައް ހިންގާ ކަމަށެވެ. އަދި މިފަދަ ހުރިހާ ހަރަކާތެއްގައި ވެސް ރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ބޮޑުފޮޅުދޫ ކައުންސިލުން ވަނީ މިއަދުގެ ހަރަކާތުގައި ބައިވެރިވުމަށް އަތޮޅުގެ އެހެން ބައެއް ރަށްތަކަށް ވެސް ދައުވަތު ދީފަ އެވެ. އަދި މި ހަރަކާތުގައި ހެޔޮއެދޭ އެންމެހައި ފަރާތްތަކުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޝަހީމްގެ އާއިލާއިން އެދިފައިވެ އެވެ.

your imageކެންސަރާ ހަނގުރާމަ ކުރަމުންދާ ޝަހީމް

ބޮޑުފޮޅުދޫ ކައުންސިލްގައި މަސައްކަތް ކުރަމުން ދަނިކޮށް ކެންސަރު ޖެހި އޭގެ ވޭނުގައި ދުވަސްތައް ހޭދަކުރަމުންދާ ޝަހީމްގެ ފަރުވާއަށް އެހީ ހޯދުމަށް މީގެކުރިންވެސް އެކި ހަރަކާތްތައް ހިންގާފައިވާއިރު، މިހާތަނަށް ހެޔޮއެދޭ އެކިއެކި ފަރާތްތަކުން ގިނަ އަދަދަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވަކަން އާއިލާއިން ޝުކުރުވެރިކަމާއެކު ފާހަގަކުރެ އެވެ.

ޝަހީމްގެ އާއިލާއިން ބުނެފައިވަނީ، ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ފަރުވާކުރަން ޖެހުމާ ގުޅިގެން ކެއިންބުއިމާއި ހުރުމަށް ވަރަށް ބޮޑު ހަރަދެއް ގޮސް، މިހާރު މާލީ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި އިތުރު ފަރުވާއަށް އިންޑިއާގައި މަޑުކުރަން ޖެހޭނެ މުއްދަތެއް ނޭނގޭތީ އާއިލާއަށް ވަނީ އެންމެހައި ފަރާތްތަކުގެ އެހީތެރިކަން މުހިންމުވެފަ އެވެ.

ގުޅޭނެ ނަންބަރު: 9315989 އިބްރާހީމް ނަސީމް (ޝަހީމްގެ ކޮއްކޮ)

9769737 އަބްދުﷲ ނާޝިފް (ޝަހީމްގެ އެއްބަނޑު އެއްބަފާ ދައްތަގެ ދަރި)

އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި ރުފިޔާ (7770000027823) އަބްދުﷲ ނާޝިފް

އެކައުންޓް ނަމްބަރު: ބީއެމްއެލް ޑޮލަރު (7770000010674) އަބްދުﷲ ނާޝިފް

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;