މިނިސްޓަރު އެހެން ވިދާޅުވީ ކުރީގެ އުއްތަމަ ފަޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ކުރެއްވި ޕޯސްޓަކާއި ގުޅިގެނެވެ. އަހުމަދު އަބްދުﷲ ދީދީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖިނާއީ ތަހުގީގު ހިންގުމަށް ގާނޫނުން މަތިކޮށްފައިވާ ފުލުހުންގެ އިދާރާއަކީ ދާހީލީ ވަޒީރުގެ ބެލުމުގެ ދަށުން ހިނގަމުންދާ މުއައްސަސާއަކަށް ވީނަމަވެސް، ފުލުހުންގެ މުއައްސަސާއިން ހިނގަމުންދާ އެއްވެސް ތަހުގީގަކަށް ސީދާކޮށް ވިޔަސް އަދި ނުސީދާކޮށް ވިޔަސް ނުފޫޒުފޯރުވުމުގެ ބާރު އެ ވަޒީރަށްލިބިގެންނުވާ ކަމަށެވެ.
އެ ވާހަކައަށް ރައްދުދެއްވައި މިއަދު މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ، ދީދީގެ ތުހުމަތު ދޮގުކުރައްވާފަ އެވެ.
މިގޮތުން، މިހާތަނަށް އެއްވެސް ތަހުގީގަކަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް އިހުސާން ވިދާޅުވި އެވެ. އަދި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރަނީ، ދީދީ ''އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ގޮތަކަށް ނޫން'' ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒަށް "ޒިނޭ" ގެ ތުހުމަތުކޮށް "އަދަދު" ނޫހުން ގެނައި "އައިޝާ" ވީޑިއޯގެ މައްސަލައިގައި އެ ނޫހުގެ އޮފީހަށް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ވަދެފައެވެ.
އެކަމާއި ގުޅިގެން ވަޒީރު އިހުސާން މީގެ ކުރިން ވިދާޅުވެފައިވަނީ ފުލުހުން ކުރަމުންދާ މަސައްކަތަކީ ނޫސްވެރިކަމަށް ހަމަލާދިނުން ނޫން ކަމަށާއި، އެއީ ރައްޔިތެއްގެ (މި ހާލަތުގައި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ) އަބުރު ރައްކާތެރިކުރުމުގެ އަސާސީ ހައްގު ހިމާޔަތްކޮށް، ގާނޫނުއަސާސީ ނެގެހެއްޓުން ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;