ads
ރައީސް އޮފީހުގެ އާ ތަރުޖަމާނު މުންދު ނޫސްވެރިންނާއެކު މިއަދު ބޭއްވި ފުރަތަމަ ބައްދަލުވުން: ސިލްސިލާ ބައްދަލުވުންތައް ކޮންމެ ހަފްތާއަކު ބާއްވަން ވަނީ ހަމަޖައްސާފައި - ފޮޓޯ: ރައީސް އޮފީސް
ތަރުޖަމާނުގެ ނޫސްވެރިންނާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަނީ!
ކޮންމެ ހަފުތާއެއްގައިވެސް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ހާއްސަ ޕްރޮގްރާމެއް ފައްޓަވައިފި އެވެ.
Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް "ޕްރެސަރ ވިތު ދަ ސްޕޮކްސް" ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގެ ފުރަތަމަ ބައްދަލުވުން ބޭއްވީ މިއަދު އެވެ. 

މި ޕްރޮގްރާމް ފައްޓަވައިދެއްވައި ތަރުޖަމާނު ވިދާޅުވީ މި ބައްދަލުކުރެއްވުމުގެ ތެރެއިން ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވުމުގެ އިތުރުން ނޫސްވެރިން މަސައްކަތް ކުރަމުންދާ ޚަބަރުތަކަށް ސަރުކާރުން ބޭނުންވާ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.

މުންދު ވިދާޅުވީ އޭނާ ހެޔޮ ހާލުގައި މާލޭގައި ހުންނެވިނަމަ، ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ނޫސްވެރިންނާ އެކު، އެ ބައްދަލުވުން ބާއްވާނެ ކަމަށެވެ. 

"ތިބޭފުޅުން [ނޫސްވެރިން]ގެ މަސައްކަތްޕުޅަށް، ހާއްސަކޮށް ތިބޭފުޅުން ފައިލް ކުރައްވަމުން ގެންދަވާ ސްޓޯރީތަކަށް ސަރުކާރުގެ ރައުޔެއް ނޫނީ މައުލޫމާތެއް ނޫނިއްޔާ ސްޓެޓިސްޓިކެއް ވެސް ނޫނީ އަޅުގަނޑުގެ ސައުންޑް ބައިޓެއް ބޭނުންފުޅު ވިޔަސް، އަޅުގަނޑު މި އުއްމީދުކުރަނީ ތިބޭފުޅުން މަސައްކަތަށް މި ބައްދަލުވުން ވެގެން ދާނީ ފަސޭހައަކަށޭ،" އޭނާ ވިދާޅުވި އެވެ.

ކޮންމެ ބުރާސްފަތި ދުވަހަކު އެ ބައްދަލުވުން ކުރިއަށް ގެންދާނީ 55 މިނެޓްހާއިރު ވަންދެން ކަމަށް ވެސް މުންދު ވިދާޅުވި އެވެ. 

ސަރުކާރުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް "ޕްރެސަރ" ގެ އަޑާއި މަންޒަރު އަދި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެފަހުގެ އަދާހަމަ އިންސްޓަގްރާމް އަދި ޓިކްޓޮކް މެދުވެރިކޮށް ހިއްސާކުރައްވާނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ. 

އެގޮތުން، "ދަފީޑް.އެމްވީ" ގެ ނަމުގައި އިންސްތަގްރަމް އަދި ޓިކްޓޮކް އެކައުންޓް ވަނީ މިއަދުގެ ބައްދަލުވުމުގައި ވަނީ އިފްތިތާހުކޮށްދެއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;