ads
ޕީސީބީގެ ރައީސް ނިޒާރު
އަނަސް އިސްތިއުފާ ދިނުމުން ޕީސީބީގެ ރައީސްގެ މަގާމަށް މުހައްމަދު ނިޒާރު
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ޕީސީބީގެ ރައީސްގެ މަގާމަށް މުހައްމަދު ނިޒާރު އައްޔަނުކޮށްފި އެވެ.
Advertisement

ޕީސީބީން ދެންމެ ބުނީ އެ ބޯޑްގެ ރައީސްގެ މަގާމުގައި ހުންނެވި ގއ. ދެއްވަދޫ ދޭލިޔާގެ، މުހައްމަދު އަނަސް އިސްތިއުފާ ދީފައިވާތީވެ އެ އިސްތިއުފާ ގަބޫލުކޮށްފައިވާ ކަމަށެވެ.

އަދި ޕީސީބީގެ ރައީސްގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މއ. ޔެލޯބެލް މުހައްމަދު ނިޒާރު އައްޔަނުކޮށްފައި ކަމަށް ވެސް ބުންޏެވެ.

އަނަސް ޕީސީބީގެ ރައީސްގެ މަގާމަށް އައްޔަނު ކުރީ 13 މާޗު 2025 ގަ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ ހަމްދީ އަގީލް 13 ފެބްރުއަރީ، 2025، ގައި އިސްތިއުފާ ދެއްވުމުންނެވެ. 

ޕީސީބީ އަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ.

ޕީސީބީގެ ބޯޑު އެކުލެވެނީ ރައީސާއި ނައިބު ރައީސާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ޖުމުލަ ހަތް މެމްބަރުންގެ މައްޗަށެވެ. ބޯޑުގެ މެމްބަރުކަމަށް މެމްބަރުން އައްޔަންކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވަން ޖެހެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;