ads
ސީއެމްޑީއޭގެ ސީއީއޯ މަނިކު: އޭނާ ވަނީ ރިޓަޔާ ކުރައްވާފައި - ފޮޓޯ/ސީއެމްޑީއޭ
ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށްފަހު މަނިކު ރިޓަޔާކުރައްވައިފި
ދައުލަތަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ އަދި ދައުލަތުގެ އެކި އިދާރާތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ މުހައްމަދު ހުސެއިން މަނިކު ރިޓަޔާކުރައްވައިފި އެވެ.
Advertisement

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ސީއީއޯގެ މަގާމުގައި މިވަގުތު ހުންނެވި މަނިކު ރިޓަޔާ ކުރެއްވިކަން އެ އޮތޯރިޓީން ވަނީ އިއުލާންކޮށްފަ އެވެ. ސީއެމްޑީއޭ އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ ރާއްޖޭގެ މާލީ ދާއިރާއާއި ގައުމީ ތަރައްގީއަށް މަނިކު ކުރެއްވި އަގުނުކުރެވޭ ހިދުމަތްތަކަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

އޭނާގެ މޭސްތިރިކަމުގައި ކެޕިޓަލް މާކެޓް ކުރިއަރައި އަދި ދެފުށް ފެންނަ އަދި ހަރުދަނާ މާލީ ދާއިރާއަކަށް އެ އޮތޯރިޓީގެ ދައުރު އިތުރަށް ވަރުގަދަވެގެން ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.

މުހައްމަދު ހުސެއިން މަނިކު ދައުލަތައް ހިދުމަތް ކުރައްވަން ފައްޓަވާފައިވަނީ، މާލީ ވުޒާރާގައި އޭރު ގާއިމްކުރެވުނު ވޯލްޑް ބޭންކް އޭޑީބީ އަދި އައިއެމްފްއެފް ޔުނިޓުގަ އެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން އަދި އޭގެފަހުން އެމެރިކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަން ފުރުއްވައިފަ އެވެ. ސީއެމްޑީއޭގެ ސީއީއޯއަކަށް މަނިކު އައްޔަންކުރެއްވީ ޖެނުއަރީ، 2021 ގަ އެވެ. 

މީގެ 17 އަހަރު ކުރިން އުފެއްދި ޕެންޝަން އޮފީހުގެ އެންމެ ފުރަތަމަ ސީއީއޯއަކީ ވެސް މަނިކެވެ. އޭނާ ވަނީ ގިނަ އަހަރުތަކެއް ވަންދެން އެ މަގާމު ފުރުއްވައިފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;