މި ގިވްއަވޭގައި ޕްރެމިއާ ނައިޓްގެ ޓިކެޓްގެ އިތުުރުން ހާއްސަ ޑިނާއެއް ލިބޭނެ ކަމަށް އެ ޕްރޮޑަކްޝަން އިން ބުނެ އެވެ.
މި ގިވްއަވޭގައި ބައިވެރިވުމަށް “ޖަންނަތު” ޓީމުގެ ޕޯސްޓް އިންސްޓަގްރާމް ސްޓޯރީގައި ޝޭއާކޮށް، އެ ޑާކް ރެއިން އެންޓަޓެއިންމެންޓް ޓެގްކުރަންޖެހެއެވެ.
އެ ޕްރޮމޯޝަންގެ ޕޯސްޓަރު
މި ގިވްއަވޭއިން ހޮވޭ ފަރާތަކަށް އިތުރު ބޭފުޅަކާއި އެކުގައި ޑިނާ އަދި ޕްރެމިއާ އަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި ފިލްމަކީ އައިސަތު ފުއާދު ތައުފީގު އަދި އަހުމަދު ތޮލާލު ލިޔެ އަލީ ޝަފީއު ޑިރެކްޓުކޮށްފައިވާ ވަރަށް ތަފާތު ފިލްމަކަށް ވެގެން ދާނެ ކަމަށް ޑާކް ރެއިން އިން ބުނެ އެވެ.
މި ފިލްމު ސިނަމެޓޯގްރަފީ ހަދާފައިވަނީ އަހުމަދު ޒިފާފު އެވެ.
ފިލްމުގައި ސަރަފް، ސުހާ، ކޮޕީ އިއްސެ، އާއިދާ، އަފްރާހް އަދި އަންޖީ ފަދަ ތަފާތު ފަންނާނުން ފެނިގެންދާނެ ކަމަށް ޑާކް ރެއިން ވަނީ ފާހަގަ ކޮށްފައި އެވެ.
ޑާކް ރެއިން އެންޓާޓައިންމަންޓް ފާހަގަ ކުރެވެނީ ތަފާތު މޮޅު ފިލްމުތަކެއް ނެރޭ އަދި އާންމުން ގެ މަގްބޫލު ޕްރޮޑަކްޝަން އެއްގެ ގޮތުގައި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;