ރައީސްގެ ދެކަނބަލުން ލަންކާއަށް ވަޑައިގަތީ، މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. ރައީސްގެ ދެކަނބަލުންނަށް ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ އެގައުމުގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔަ އެވެ.
މިއީ މިމަހުގެ 6އާ ހަމައަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް، އެ ގައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުރާމަ ޑިސަނަޔަކަގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި، އެކި ދާއިރާތަކުން ސްރީލަންކާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުންތައް ބަދަލުކުރާނެ ކަމަށާއި، ދެ ގައުމުގެ ގާތް ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް، ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން، ތައުލީމާއި، ފަންނީ ތަމްރީނާއި، އިގުތިޞާދީ އެއްބާރުލުމާއި، ހިންގުމުގެ ދާއިރާގެ އިތުރުން ތަރިކަ އާއި ބައިނަލްއަގުވާމީ މައިދާންތަކުގައި އެކުގައި މަސައްކަތްކުރެވޭނެ އާ މަގުތައް ހޯދުމާ ގުޅޭގޮތުން ވެސް ދެ ގައުމުގެ އިސްވެރިންނާއެކު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް، އެ އޮފީހުން މައުލޫމާތުދެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ލަންކާއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ: އެ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވާނެ - ފޮޓޯ/ރައީސް އޮފީސް
ރައީސް އޮފީހުން ބުނީ، ރައީސް އޮފީހުގެ މި ދަތުރުފުޅުގައި ރާއްޖެ-ސްރީލަންކާ ވިޔަފާރި މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށާއި، ސްރީލަންކާގައި އުޅޭ ދިވެހީންނާ ބައްދަލުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ބުދަ ދުވަހުގެ ނިޔަލަށް ރައީސް ކުރައްވާ ދަތުރުފުޅުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން، ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް، ރައީސް އޮފީހުން ބުންޏެވެ.
ފާހަގަކުރެވޭ ގޮތުގައި، މިދިޔަ ޖުލައި މަހު, ސްރީލަންކާގެ ރައީސް ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެ ދަތުރުފުޅުގެ ތެރެއިން ރާއްޖޭން ވަނީ، ސްރީލަންކާގެ ރައްޔިތުން ރާއްޖެ އައުމުން ތިން މަސްދުވަހަށް އޮން އެރައިވަލް ވިސާ ދޫކުރަން ނިންމައިފައިވާކަން ވެސް އިއުލާންކޮށްފަ އެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ 1965 ޖުލައި 26 ގައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;