މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބާ ގުޅޭގޮތުން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ އެ ޕާޓީން ނެރެފައިވާ އިއުލާނާއި އިންތިހާބުގެ ތާވަލު ނުވަތަ ޓައިމްލައިން ބާތިލުކުރުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ އިންތިހާބީ ކޮމިޓީން ނިންމާފައިވާ ނިންމުންތަކަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ނިންމުންތަކެއް ކަމަށް ބުނެ މި މައްސަލަ ހުށަހެޅީ ގާނޫނީ ވަކީލު އަބްދުالله ޝާއިރު އެވެ.
މި މައްސަލަ ކޯޓަށް ބަލައިގަތް ކަމެއް އަދި ސާފެއް ނޫނެވެ.
ޖޫން 12 އަށް ތާވަލްކޮށްފައިވާ ޗެއާޕާސަން އިންތިހާބުގައި ވާދަކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އަދި ލ. ފޮނަދޫއަށް ނިސްބަތްވާ އިބްރާހިމް މުހައްމަދު (ވާޑު) އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;