ads
އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ ބޭހެއް ރާއްޖޭގައި މަނާކޮށްފައި އޮތްއޮތުން އުވާލަނީ
އެޓެންޝަން ޑެފިސިޓް/ހައިޕައެކްޓިވިޓީ ޑިސްއޯޑާ ނުވަތަ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ މުހިންމު ބޭހެއް ކަމަށްވާ މިތައިލްފެނިޑޭޓް ރާއްޖެ އެތެރެކުރުން މަނާކޮށްފައި އޮތްއޮތުން ނިމުމަކަށް ގެންނަން ސަރުކާރުން ނިންމައިފި އެވެ.
Advertisement

ނެޝަނަލް ޑްރަގު ކޮންޓްރޯލް ކައުންސިލުން ދިން ލަފައަކާ އެކު ކެބިނެޓާ މަޝްވަރާކޮށްގެން އެ މައްސަލައިގައި ގޮތެއް ނިންމުމަށްޓަކައި މަޖިލީހަށް ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އެ މައްސަލަ ހުށަހެޅި އެވެ. އެގޮތުން ރައީސް މުއިއްޒު، މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ މަނާ ލިސްޓް އުނިކުރަން އެދިވަޑައިގަތް ގޮތުގައި ބޭސް "މިތައިލްފެނިޑޭޓް" އަކީ އޭޑީއެޗުޑީ ހުންނަ ކުދިންނަށް ފަސްޓްލައިން ޓްރީޓްމަންޓަކަށް ބޭނުން ކުރާ ބޭހެކެވެ.

އެކަމަކު މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު 1 ގައި ލިސްޓުކޮށްފައިވާ މަނާ ޑްރަގުތަކުގެ ތެރޭގައި އެ ބޭސް ހިމެނޭކަން ފާހަގަކޮށް، ސިޓީގައި ރައީސް އެދިވަޑައިގެންފައިވަނީ، ކެބިނެޓުން ނިންމާފައިވާ ގޮތަށް މަނާ ޑްރަގު ލިސްޓުން އެ ބޭސް އުނިކޮށް ދިނުމަށް މަޖިލީހުން ރުހުން ދިނުމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މަނާ ބޭސްތަކުގެ ލިސްޓުން މިތައިލްފެނިޓޭޑް އުނިކޮށްދޭން އެދި އެމްއެފްޑީއޭއިން ވެސް މިދިޔަ އަހަރުގެ ޖުލައި 13 ގައި މަޖިލީހަށް ސިޓީއެއް ފޮނުވާފައި ވެއެވެ. އެކަމަކު، މިއަދާ ހަމައަށް ވެސް ގާނޫނީ ބަދަލުތައް ނުގެނެވި، އެ މައްސަލައަށް ހައްލެއް ނުހޯދި އޮތުމުން ގިނަ ބައެއްގެ ކަންބޮޑުވުން އެބައޮތެވެ.

މި ބޭހަކީ އެ ކުދިންގެ އާންމު ދިރިއުޅުމަށާއި ކިޔެވުމަށް ބޭނުންވާ އެންމެ އަސާސީ ބޭސް ކަމަށްވާއިރު، އެ ބޭސް ނުލިބުމުގެ ސަބަބުން ކުދިންގެ ހާލަތު ގޯސްވަމުންދާކަމުގެ ކަންބޮޑުވުން ކުޑޫ ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;