ads
އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުން
އަބްދުއްރަހްމާނުގެ މަރުގެ ޝަރިއަތް އާ ގާޒީއަކާއެކު އަލުން ފަށައިފި
އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގެ ޝަރިއަތް، އަލުން ފަށައިފިއެވެ.
Advertisement

އަނިޔާވެރި ގޮތަކަށް މަރާލި އުމުރުން 65 އަހަރުގެ އަބްދުއްރަހުމާންްގެ މަރުގެ މައްސަލައިގެ ޝަރިއަތް، އަލުން ފެށީ އެހެން ފަނޑިޔާރަކާއެކުއެވެ. މިހާރު މި މައްސަލަ ބަލާ ގާޒީއަކީ އަހްމަދު ނިޔާޒުއެވެ. ކުރިން މި މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީއުވަނީ ފަހުން ހައިކޯޓަށް ޕްރޮމޯޓްކޮށްފައެވެ.

ގޭގައި ނިދާފައި އޮއްވާ އަނިޔާވެރި ގޮތަކަށް އަބްދުއްރަހުމާނު މަރާލީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން، އެ ރަށު ތިން ޒުވާނުން ހައްޔަރުކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހު 21ގައެވެ. އެއީ، އއ. މާޅޮސް، ފިޔަ، އަހްމަދު އާޝިދާއި، އއ. މާޅޮސް، ލިލީފެހި، މުޙައްމަދު ވިސާމާއި އއ. މާޅޮސް، ފިނިވާގެ، އަހުމަދު ފާރިސެވެ.

މި ތިން މީހުންގެ ތެރެއިން އާޝިދުގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ކުރާއިރު، ވިސާމާއި، ފާރިސްގެ މައްޗަށް ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;