މިއަދު ރައްޔިތުން މަޖިލީހުގެ ވާހަކަ ދައްްކަވަމުންް ޝުޖާއު ވިދާޅުވީ ބައެއް ޕްރައިވެޓް މީޑިއާތަކުން އާއްމު އިޖްތިމާއި މިންގަނޑުތަކާއި ހިލާފު ވާހަކަތައް ބްރޯޑްކާސްޓްކުރަމުން ގެންދާކަމަށެވެ. އެގޮތުން ކޮންމެ ރެއަކު 4 މީހަކު ހެންވޭރުކޮޅަށްް އެއްވެ ކުރާ މުޒާހަރާއެއްް ޗެނަލް 13 ކިޔާ ޗެނަލަކުން ލައިވްކުރަމުން އަންނަކަމަށެވެ. އެ މުޒާހަރާތަކުގައި ބޭ އަދަބީ ބަސްތައް ބޭނުންކުރަމުން އަންނަކަމަށާއި އެ ހިސާބު މީހުންނަށް އުނދަގޫވެގެން ޝަކުވާތައް ކުރަމުން އަންނަކަމަށްް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ އެ މުޒާހަރާ ރާވަނީ ރައީސް ޔާމީންކަމަށާއި އެމަނިކުފާނަށް ނިޒާމު ހިނގާގޮތްވެސް މިހާރު ނޭނގޭކަމަށެވެ.
މި މުޒާހަރާގެ އުނދަގޫވެގެން ޕީއެންސީ އޮފީހަށް އެކު ފަރާތްތަކުން ޝަކުވާ ކުރަމުން އަންނަކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެކަން ކަމާއިބެހޭ ވުޒާރާތަކަށް އެނގުމުން އެއްވެސް ފިޔަވަޅެއް ނާޅާކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. އަދި ދިވެހި ފުލުހުންވެސް އަޅާ ނުލާކަމަށް ބުނެ ޝުޖާއު ވަނީ ފުލުހުންނަށްވެސް ފާޑު ވިދާޅުވެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;