ads
ބިން ހެލުން ކުރިޔާ ލާ ނޭނގޭނެ
ރާއްޖެއަށް ބިންހެލުމެއް އަންނަނީ، މެޓުން ބުނީ ކުރިޔާލާ ނޭގޭނެކަމަށް
ރާއްޖެއަށް އަސަރުކޮށްފާނެ ބިންހެލުމެއް އަންނަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެވާހަކަ ފަތުރުމުންދަނިކޮށް ބިން ހެލުމަކީ ކުރިޔާލާ ދެނެގަނެވޭނެ އެއްޗެއް ނޫންކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
Advertisement

ސޯޝަލް މީޑިއާގައި މިހާރު ދައުރުވާ ޕޯސްޓެއްގައި ވަނީ ރާއްޖެއާ އެންމެ ކައިރީގައި، އިންޑިއާ ކަނޑުގައި އޮންނަ ޓެކްޓޯނިކް ޕްލޭޓް ކާލްސްބާގު ރިޖަށް 5.2 މެގްނިޓިއުޓްގެ ބިންހެލުމެއް ކުރިއަށް އޮތް ދުވަސްތަކުގައި އަތުވާނެ ކަމަށާއި އޭގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.  

މި ކަމަމާއި ގުޅިގެން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ބިންހެލުންތައް ސައިންޓިފިކް ގޮތުން ކުރިއާލައި ދެނެގަނެވޭނެ އެއްވެސް ގޮތެއް އަދި ހޯދިފައި ނުވާ ކަމަށެވެ. އެކަމަކު، ދިގު މުއްދަތަކަށް ބަލާއިރު ބިންހެލުންތައް އައުން ގާތް ސަރަހައްދުތައް ސައިންސްވެރިންނަށް ކަނޑައެޅިދާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. 

" ބިންހެލުމެއް އަންނާނެ ސީދާ ވަގުތެއް، ތާރީޚެއް ނުވަތަ އަންނާނެ ސީދާ ތަނެއް ދެނެގަނެވޭނެ އެއްވެސް ސައިންޓިފިކް ގޮތްތަކެއް ނެތް،" މެޓް އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

މެޓް އޮފީހުން ބުނީ ، އެ އިދާރާއިން އަންނަނީ ބިންހެލުންތަކުގެ މައުލޫމާތުތައް މެދުކަނޑުމެއް ނެތި ބަލަމުންނެވެ. ރާއްޖެއަށް އަސަރެއް ކޮށްފާނެ ފަދަ ބިންހެލުމެއް އަތުވެއްޖެ ނަމަ، އެ އިދާރާއިން އެ މައުލޫމާތު ލަސްނުކޮށް އާންމުންނަށް ހިއްސާކުރާނެ ކަމަށްވެސް މެޓް އޮފީހުން ނެރުނު ބަޔާނުގައިވެއެވެ. 

ބިން ހެލުމެއް އަތުވާދެނަކަަމަށް ބުނެ ފަތުރަމުންދާ ޕޯސްޓުގައި ބުނާ އިންޑިއާ ކަނޑުގައި އޮންނަ ޓެކްޓޯނިކް ޕްލޭޓް ކާލްސްބާގު ރިގަކީ ވެރިރަށް، މާލެއާ 900 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަހައްދަކެވެ. އެތަނަކީ ދޭތެރެއަކުން ކުދި ބިން ހެލުންތައް އަންނަ ސަރަހައްދެއްވެސް މެއެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;