ads
ލަންކާގެ ރައީސް، ރައީސް މުއިއްޒުގެ ޝަރަފުގައި ދެއްވި ރަސްމީ ޖާފަތުގެ ތެރެއިން --
ރައީސްގެ ދެކަނބަލުން، ސްރީލަންކާގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންފި
ރައީސް ޑރ މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ޝަރަފުގައި ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ދެއްވި ރަސްމީ ޖާފަތުގައި، ރައީސްގެ ދެކަނބަލުން މިރޭ ބައިވެރިވެ ވަޑައިގެންފި އެވެ.
Advertisement

މި ރަސްމީ ޖާފަތުގައި ދެ ޤައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ޑިސަނާޔަކެ ދެއްވި ހާއްސަ ޖާފަތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މޫސުމީ ބަދަލުތަކަކީ މި ޒަމާނުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށާއި އެއީ ކޮންމެ ދުވަހަކު ތަހައްމަލު ކުރަމުންދާ ހަގީގަތެއް ކަމަށެވެ. 

"އަޅުގަނޑުމެންނަށް ހުރި ނުރައްކާތައް، އާ އީޖާދުތަކާއި ދުނިޔޭގެ ފެންވަރުގައި ކުރާ ވަކާލާތުތަކުގެ އެހީގައި ވަރުގަދަ ބާރަކަށް ބަދަލުކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ލަންކާއާ މެދު ދިވެހީންގެ ހިތުގައި އޮންނަނީ ނުހަނު ގާތްކަމެއް ކަމަށާއި އެއީ ހަމައެކަނި އަވައްޓެރި ގައުމެއް ނޫން ކަަމަށާއި މިއީ އެއް އާއިލާއެއް ކަމަށެވެ.

2026 މޭ 3 އިން 6 އަށް ކުރައްވާ މި ދަތުރުފުޅަކީ، ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް ކުރައްވާ ފުރަތަމަ، ފުރަމާނަ ދަތުރުފުޅެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;