ads
ރައީސްގެ ދެކަނބަލުން ލަންކާގެ ގައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރެއްވުން
ރައީސްގެ ދެކަނބަލުން، ސްރީލަންކާގެ ގައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި
ރައީސް ޑރ މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސްރީލަންކާގެ ގައުމީ ދާރުލްއާސާރު (ކޮލަމްބޯގެ ނެޝަނަލް މިއުޒިއަމް) އަށް ޒިޔާރަތްކުރައްވައިފި އެވެ.
Advertisement

މި ޒިޔާރަތަކީ އެމަނިކުފާނު ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ސަގާފީ ގުޅުން ބަދަހިކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ކުރެއްވި ޒިޔާރަތެކެވެ.

ރައީސްގެ ދެކަނބަލުން ދާރުލްއާސާރަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ އެތަނުގެ އިސްވެރިންނެވެ.

ދާރުލްއާސާރަށް ކުރެއްވި ޒިޔާރަތުގައި، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވުމަށްފަހު، ރައީސް ލިޔުއްވި ބަޔާނުގައި، އަންނަން އޮތް ޖީލުތަކަށްޓަކައި ގައުމުގެ ތަރިކަ ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ތާރީހު ދައްކުވައިދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވައި، އެކަމުގެ އަގުވަޒަންކުރެއްވި އެވެ.   

ރައީސް ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ. މި ދަތުރުފުޅުގައި ލަންކާގައި ދިރިއުޅޭ ދިވެހިންނާ ރައީސްގެ ދެކަނަބަލުން މިއަދު ބައްދަލުކުރައްވާނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;