ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރި އީޝާ އަޝްރަފުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލްކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ވަނި އަމުރު ނެރެފައެވެ. އޭނާވަނީ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭ ޕޮލިސް އަށް ހާޒިރުކޮށްފައެވެ.
ހުޅުމާލޭ ޕޮލިސް އިން ނުކުތުމަށް ފަހު، "އަދަދު" އިން ހެދި "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލާގައި އީޝާ އަޝްރަފް ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދޭނެ ކަމަށާއި ތަހުގީގަށް ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމަށް އޭނާގެ ގާނޫނީ ވަކީލް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިމް ޝަމީމްވަނީ ވިދާޅުވެފައެވެ.
ޝަމީމް ވިދާޅުވީ ޑޮކިއުމެންޓްރީގައި ގެނެސްދީފައިވަނީ އީޝާގެ ވާހަކަ ކަމަށް ތުހުމަތުކުރި ނަމަވެސް އެކަމާ ބެހޭ ގޮތުން މިރޭ ވާހަކަ ދައްކާފައިނުވާ ކަމަށާއި އީޝާ ބޭނުންވަނީ ވަޒީފާގެ މާހައުލުގައި އީޝާއަށް ދިމާވި ކަންކަން ސާފު ތެދު ބަހުން ތަހުގީގަށް ކިޔައިދޭން ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ ފުލުހަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން، ތަހުގީގަށް ބޭނުންވާ އެއްބާރުލުން ފުރިހަމައަށް ދޭން. ހުރިހާ ވާހަކައެއް ކިޔައިދޭން ބޭނުންވޭ، މިކަން ހިނގައިދިޔަ ގޮތާއި. ފުލުހުން ތުހުމަތުކުރާ ކޮންމެ ކަމެއް ފުލުހުންގެ ތަހުގީގަށް ބަޔާނެއް ތަފްސީލުތަކާ އެއްކޮށް ފޯންކޯލްތަކާއި މެސެޖުތަކާއި އެހެން ހުރިހާ ތަފްސީލްތަކާ އެއްކޮށް އަޅުގަނޑުގެ ކްލައިންޓް ބޭނުންފުޅުވޭ،" އޭނާ ވިދާޅުވި އެވެ.
' އައިޝާ' ގެ ނަމުގައި އަދަދު ނޫހުން އުފެއްދި ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން އެ ނޫހުގެ އޮފީހަށް ރޭ ވަދެ ވަނީ ބަލައި ފާސްކޮށްފައެވެ. އަދި އެނޫހުގައި މަސައްކަތް ކުރަން ބޭނުންކުރާ ހުރީ ކޮމްޕިއުޓަރު ސިސްޓަމްތައް ފުލުހުން ގެންގޮސްފައިވާކަމަށް އެ ނޫހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;