ads
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ދަނީ
އޭޑީއެޗްޑީގެ ފަރުވާގައި ހިމެނޭ ބޭހެއް އެތެރެކުރަން ހުއްދަ ދިނުމަށް ކޮމިޓީން ރުހުންދީފި
އެޓެންޝަން ޑެފިސިޓް ހައިޕާއެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ)ގެ ފަރުވާއަށް ބޭނުންކުރާ މުހިންމު ބޭހެއް، ރާއްޖެގައި ބޭނުންކުރުން މަނާ ޑުރަގުތަކުގެ ލިސްޓުގައި ހިމަނައިފައިވާ މައްސަލައެއް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ފާހަގަކުރެއްވިތާ އަހަރެއް ފަހުން، އެ ބޭސް އެތެރެކުރަން ހުއްދަ ކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން (241) މިއަދު ފާސްކޮށްފި އެވެ.
Advertisement

އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާ އެންމެ އަސާސީ ބޭސް ކަމަށްވާ މެތައިލްފެނިޑޭޓް ބޭސް ރާއްޖޭގައި މަނާކޮށްފައި އޮތުމުން އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ފޮނުއްވި ސިޓީއާ ގުޅިގެން މަޖިލީހަށް ރައީސް އޮފީހުން ދިން ޖަވާބުގައިވަނީ އެ މައްސަލައަށް ހައްލެއް ހޯދުމަށް ކެބިނެޓުން މުހިންމު ނިންމުމެއް ނިންމާފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެ ކަންބޮޑުވުމާ ގުޅިގެން ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ދީފައިވާ ލަފައާ މެދު ކެބިނެޓްގައި މަޝްވަރާ ކުރުމަށް ފަހު، ރާއްޖޭގައި މަނާކޮށްފައިވާ ބޭސްތަކުގެ ލިސްޓުން މެތައިލްފެނިޑޭޓް އުނިކުރަން މިދިޔަ މަހު ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.

މިކަމުގައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، ކޮމިޓީގެ އިއްތިފާގުންވަނީ މަނާކޮށްފައިވާ ތަކެތީގެ ލިސްޓުން އެބޭސް އުނިކުރަން ފެންނަކަމަށް ރުހުން ދީފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މަނާ ބޭސްތަކުގެ ލިސްޓުން މިތައިލްފެނިޓޭޑް އުނިކޮށްދޭން އެދި އެމްއެފްޑީއޭއިން ވެސް މިދިޔަ އަހަރުގެ ޖުލައި 13 ގައި މަޖިލީހަށް ސިޓީއެއް ފޮނުވާފައި ވެއެވެ.

މެތަލްފެނެޑޭޓަކީ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ފަސްޓްލައިން ޓްރީޓްމަންޓަށް ބޭނުންކުރާ ބޭހެކެވެ. އޭޑީއެޗްޑީއަކީ ތުއްތުއިރު ފާހަގަކުރެވޭ ހެދިބޮޑުވުމުގެ އެންމެ އާންމު އެއް ހާލަތެވެ. ބޭހާއި އެކި ތެރަޕީތަކުގެ އެހީގައި އެކަމުގައި ޢަލާމާތްތައް ކުޑަކުރެވޭކަމަށް ފަހުގެ ދިރާސާތަކުން ދައްކައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;