ads
ބީއެމްއެލްގެ ހިދުމަތުގެ ދަށުން، ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ހިދުމަތް ދޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ރާއްޖޭން ބޭރުގެ ފަރާތްތަކުން ފައިސާ ދެއްކުމުން، ޑޮލަރުން އެ ފައިސާ ލިބޭނެ.
ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަދަނީ
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ވިއްކާ މުދަލާއި ދޭ ހިދުމަތްތަކަށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ފަރާތްތަކުން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.
Advertisement

މިއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑްޓްރޭޑް (މިނިސްޓްރީ) އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން(ބީސީސީ) އާ ގުޅިގެންފަހިކޮށްދޭ ފުރުސަތެއް ކަމަށް ގައުމީ ބެންކުން ބުނެ އެވެ.

މި ހިދުމަތުގެ ދަށުން، ބައިނަލްއަގުވާމީ ބާޒާރުގައިމުދަލާއި ހިދުމަތް ދޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުގެފަރާތްތަކުން ފައިސާ ދެއްކުމުން، ޑޮލަރުން އެ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ. 

މިނިސްޓްރީ އަދި ބީސީސީއާ ގުޅިގެން ބީއެމްއެލް އިން ދަނީ 1 ނޮވެންބަރު 2026 އިން ފެށިގެން މި ޚިދުމަތް ދޭން ފެށުމުގެ މަސައްކަތްތައް ކުރަމުން  ކަމަަށް ވެސް ގައުމީ ބެންކުން ބުނެ އެވެ.

ރައީސް މުހައްމަދު މުއިއްޒު ވަނީ މި ހިދުމަތް ރޭ އިއުލާންކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް