މި އެމްއޯޔޫގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ އެކްޓިން ޑިރެކްޓަރު ހަސަން ޝަހީދުއެވެ. އަދި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ކުމާރީ އެވެ.
މި އެމްއޯޔޫގެ މަގްސަދަކީ، އެޗްޑީސީ އަދި އެމްއައިބީގެ ސީއެސްއާރުގެ ދަށުން، ހުޅުމާލޭގެ ސަލާހުއްދީން ސްކޫލުގެ ބެލެނިވެރިން، ދަރިވަރުން ބަލައިގޮސް ތިބޭއިރު ހިޔާވާނެ ޝޭޑް ސްޓްރަކްޗާއެއް ތަރައްގީކުރުން ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
އެޗްޑީސީން ބުނީ ދެ އަހަރު ދުވަހުގެ މި އެމްއޯޔޫގެ ދަށުން، ސަލާހުއްދީން ސްކޫލުގައި ގާއިމުކުރާ ޝޭޑް ސްޓްރަކްޗާގެ ކުރެހުމާއި ޑިޒައިން އެޗްޑީސީގެ ފަރާތުން ފޯރުކޮށްދިނުމުން، އެކަމަށް ބޭނުންވާ މެޓީރިއަލް ހޯދައި ސްޓްރަކްޗާ ގާއިމުކުރުމުގެ ކަންކަން ކުރިއަށްގެންދާނީ އެމްއައިބީގެ ފަރާތުން ކަމަށެވެ
މި ޝޭޑް ސްޓްރަކްޗާ ގާއިމުކުރެވުމާއެކު، ގަދަ އައްވާއި ވިއްސާރައިގައި ސަލާހުއްދީން ސްކޫލު ސަރަހައްދަށް ދަރިވަރުން ބަލައިގޮސް ތިބޭ ބެލެނިވެރިންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަން އެޗްޑީސީން ފާހަގަކުރެ އެވެ.
އެޗްޑީސީގެ އަމާޒަކީ، ކުރިއަށްއޮތްތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި މިފަދަ ގިނަ މަޝްރޫއުތަކެއް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދިއުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;