ads
ރާއްޖޭގައި މުޅިން އަލަށް އަޅާ ޕްލާސްޓިކް ރީސައިކަލްކުރާ ފެސިލިޓީގެ ބިންގާ އެޅުމުގެ ތެރެއިން
ރާއްޖޭގައި މުޅިން އަލަށް ޕްލާސްޓިކް ރީސައިކަލްކުރާ ފެސިލިޓީއެއް އަޅަނީ
ރާއްޖޭގައި މުޅިން އަލަށް އަޅާ ޕްލާސްޓިކް ރީސައިކަލްކުރާ ފެސިލިޓީގެ ބިންގާ އަޅައިފިއެވެ.
Advertisement

ކ. ތިލަފުށީގައި ގާއިމުކުރާ "މޮޕާސައިކަލް ޕެޓް ފްލޭކިން އެންޑް ވޮޝިން ލައިން ފެސިލިޓީ" ގެ ބިންގާ އެޅީ އިއްޔެއެވެ. މި ފެސިލިޓީގެ ބިންގާ ރަސްމީކޮށް އަޅުއްވައިދެއްވީ ތިމާވެއްޓާ ބެހޭ ވަޒީރު އަލީ ޝަރީފާއި ތިމާވެއްޓާ ބެހޭ ކުރީގެ ވަޒީރު ތާރިގު އިބްރާހިމެވެ.  

މިއީ ބޭނުންކޮށްފައި އުކާލާ ޕެޓް ޕްލާސްޓިކް ނުވަތަ ފެންފުޅި ފަދަ ތަކެތި ރީސައިކަލްކޮށް، އަލުން ބޭނުންކުރެވޭނެ އަގުހުރި ރޯމެޓީރިއަލްއަކަށް ބަދަލުކުރާ ފެސިލިޓީއެކެވެ. 

މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޮޕާ) އިން އިސްނަގައިގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ރާއްޖޭގެ ރީސައިކްލިން އިންފްރާސްޓްރަކްޗާ ހަރުދަނާކޮށް، ޕްލާސްޓިކް ކުނި މެނޭޖުކުރުމުގައި ސާކިއުލާ އިކޮނޮމީ ނުވަތަ ދެމެހެއްޓެނިވި އިޤުތިސާދީ ނިޒާމެއް ގާއިމުކުރުމަށް އެޅި މުހިއްމު ފިޔަވަޅެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;