ހައްޖުގެ ކަންކަމުގައި ސައޫދީގެ ރާއްޖޭގެ އެޖެންޓް ނުވަތަ މުތައްވިފް، ރަވާފް މިނާއާއި ހައްޖު މިޝަނުން ވަނީ އިއްޔެ ބައްދަލުކޮށްފަ އެވެ.
މި ބައްދަލުވުމުގައި ރަވާފް މިނާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސީއީއޯ ޒުހައިރް އަބްދުލް ހާމިދް ސަދަޔޯއެވެ. ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނީ ރާއްޖެއިން މައްކާގައި ހައްޖުވެރިންނަށް ހިދުމަތް ދިނުމަށް ޤާއިމުކުރާ އޮފީހުގެ ވެރިޔާ ޝައިހް އިމްތިތާއު އައްބާސް އާއި އެ މިޝަންގެ ބޭފުޅުންނެވެ.
ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް މައްކާއަށް ދާ ކޮންމެ ޙާޖީއެއްގެ ދަތުރު ފަސޭހަކޮށްދީ، މަގު ދައްކައިދޭ ހާއްސަ އެހީތެރިންނަކީ މުތައްވިފުންނެވެ. ސައޫދީ އަރަބިއްޔާގެ ހައްޖާއި އުމްރާ ވުޒާރާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މުތައްވިފަކީ ރަވާފް މިނާކަމަށް ހައްޖު މިޝަނުން ބުނެ އެވެ.
މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުން ފުރަން ފަށާޖީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
ކަލަންޑަރުގައި ވާ ގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހުގެ 26 ވަނަ ދުވަހުއެވެ. މިފަހަރުވެސް ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް 1000 މީހުން ކޯޓާއެއް ވަނީ ލިބިފަ އެވެ.
މި އަހަރު ހައްޖުވެރިން މައްކާއަށް ދިޔުމަށް ހަމަޖެހިފައިވަނީ ހަތަރު ދުވަހަކަށް ބަހާލައިގެންނެވެ. ހައްޖުވެރިން ޖިއްދާއަށް ދަތުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން އާއި ސައުދީ އެއާގަ އެވެ.
ދިވެހި ހައްޖުވެރިން ފުރުން އަދި އައުން ހަމަޖެހިފައިވާ ދުވަސްތައް
މިއަހަރުވެސް ދިވެހި ހައްޖުވެރިން މައްކާގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ 21 ދުވަހެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;