ads
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަނީ
އިއްޔެ އެކަނިވެސް މާލެއިން 250ވުރެ ގިނަ ބިދޭސީން ބަންދަށް
"އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި ފަށާ އިއްޔެ އެކަނިވެސް މާލެއިން 250ވުރެ ގިނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
Advertisement

"އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި ދަށުން އިއްޔެ ފެށި  އޮޕަރޭޝަނަކީ ބަޔޯމެޓްރިކްސް ދިނުމަށް ފުރުސަތު ދިނުމުންވެސް އެކަން ނުކޮށް ތިބި ބިދޭސީން ހޯދައި ފުރުވާލުމަށް ފެށި އޮޕަރޭޝަނެއްކަމަށް އިމިގްރޭޝަނުން ބުނެއެވެ. މާލޭގެ 26 ޒޯނަކަށް ބަހާލައިގެން މިއަދު ކުރިއަށް ގެންދިއަ މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ 200 އަށްވުރެ ގިނަ އޮފިސަރުންނާއި ފުލުހުންގެ 100 އޮފިސަރުން ބައިވެރިވިކަމަށް އެ އިދާރާއިން ބުނެއެވެ. 

އިއްޔެ ހަވީރު 16:00 އިން 18:00 އަށް ގްރޫޕް ތަކަށް ބަހާލައިގެން ކުރިއަށް ގެންދިއަ މި ހާއްސަ އޮޕަރޭޝަންގައި 639 ތަނެއް ބަލައި، 1344 ބިދޭސީން ޗެކްކޮށް، ވިސާ ފުރިހަމަ ނޫން 254 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެ އިދާރާއިން ބުނެއެވެ. މީގެއިތުރުން، ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވި 44 ދިވެހިންނަށް ވަނީ ނޯޓިސްދ ދީފައިވާކަމަށާއި ދެވުނު ނޯޓިސްއާއި އެއްގޮތަށް އަމަލު ނުކޮށްފިނަމަ އެ ފަރާތްތަކާއި މެދު އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށްވެސް އެ އިދާރާއިން ބުނެއެވެ. 

ކުރިއަށް އޮތް 6 މަސް ދުވަހު ކުރާނެކަމަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓްކުރުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ވިދާވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;