ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރިފުޅުގެ ނަން ހާމަކުރަމުން ސޯނަމް ވަނީ މި ނަމުގެ މާނައާއި ރޫހާނީ ގޮތުން މި ނަން ނިސްބަތްވާ މުހިންމު ސިފަތަކުގެ މައުލޫމާތު ފޭނުންނާ ހިއްސާކޮށްފައެވެ. ސޯނަމް ބުނި ގޮތުގައި މި ނަމަކީ ވޭދިކް އަދި ރޫހާނީ ފުން މާނައެއް އެކުލެވިގެންވާ ނަމެކެވެ.
މިއީ ސޯނަމް އާއި އާނަންދަށް ލިބުނު ދެވަނަ ފިރިހެން ދަރިފުޅެވެ. މި ދެމަފިރިންގެ ފުރަތަމަ ދަރިފުޅަށް ކިޔަނީ "ވާޔޫ" އެވެ. ފުރަތަމަ ދަރިފުޅަށް ކީ ނަމެކޭ އެއްފަދައިން، ދެވަނަ ދަރިފުޅަށް ވެސް ނަން ހިޔާރުކޮށްފައިވަނީ އިންޑިއާގެ ސަގާފީ އަދި ދީނީ ކަންކަމާ ގުޅުވައިގެންކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
ދަރިފުޅަށް ނަންކީ ހަބަރާއެކު ބޮލީވުޑްގެ ގިނަ ތަރިންނާއި ފޭނުން ދަނީ އެ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ. ސޯނަމް ކަޕޫރަކީ އާންމުކޮށް އޭނާގެ ދިރިއުޅުމުގެ މިފަދަ މުހިންމު ކަންކަން ފޭނުންނާ ހިއްސާކުރާ ބަތަލާއެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;