މި ހާއްސަ ދުވަހުގެ މުނާސަބަތުގައި ކެޓްރީނާގެ ފިރިމީހާ ވިކީ ކޯޝަލް އާއި ދަރިފުޅު ވިހާންގެ ފަރާތުން ވަނީ އޭނާއަށް ވަރަށް ފުރިހަމަ ސަޕްރައިޒެއް ދީފައެވެ. ކެޓްރީނާ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއިން ފެންނަ ގޮތުގައި، އޭނާއަށް ވަނީ ރީތި ފިނިފެންމާ ގުލްދަސްތާއަކާއެކު އަތުން ލިޔެފައިވާ ކާޑެއް ހަދިޔާކޮށްފައެވެ. އެ ކާޑުގައި ލިޔެފައިވަނީ "Happy first Mother's Day my love! Love, Papa Kaushal & Vihaan" މިފަދައިންނެވެ.
މި ހަދިޔާއާއެކު ކެޓްރީނާ ވަނީ ދަރިފުޅު ވިހާންގެ ވަރަށް ލޯބި ފޮޓޯއެއް ވެސް ފޭނުންނަށް ދައްކާލާފައެވެ. އޭނާގެ ޕޯސްޓުގައި މި ލޯބި އާއިލާގެ ފަރާތުން ލިބުނު އުފާވެރިކަމަށްޓަކައި ޝުކުރު އަދާކޮށްފައިވެއެވެ.
ދަރިފުޅުގެ ފަރާތުން ކެޓްރީނާއަށް ލިބުނު ހަދިޔާ
ބޮލީވުޑްގެ އެކި ތަރިންނާއި ގިނަ އަދަދެއްގެ ފޭނުން ދަނީ ކެޓްރީނާގެ މި އުފާވެރި ވަގުތުކޮޅާ ގުޅިގެން މަރުހަބާ ކިޔައި، ލޯބި ފޮނުވަމުންނެވެ. މިއީ މިއަހަރުގެ މަންމައިންގެ ދުވަހު ބޮލީވުޑުން ފެނިގެންދިޔަ އެންމެ އަސަރުގަދަ އަދި އެންމެ އުފާވެރި އެއް މަންޒަރެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;