އިންޓަވިއުގައި ކިއާރާ ބުނީ މަންމައަކަށް ވުމަކީ މުޅިން އައު ދުނިޔެއަކަށް ވަނުން ފަދަ ކަމެއް ކަމަށާއި، އޭގެ ސަބަބުން އޭނާގެ އަމިއްލަ ވަންތަކަމަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ.
"މަންމައަކަށް ވުމުގެ ކުރިން ހުރި މީހާއާއި މިހާރު މި ހުރި މީހާއާ ވަރަށް ތަފާތު. ހުރިހާ ގޮތަކުން ވެސް އަހަރެން މިހާރު މިއީ މުޅިން ތަފާތު މީހެއް،" އަސަރާއެކު ކިއާރާ ބުންޏެވެ.
ދަރިފުޅު އުފަންވުމަށްފަހު ކުރިމަތިވި "ޕޯސްޓްޕާޓަމް" ނުވަތަ ވިހެއުމަށްފަހު ކުރިމަތިވާ ނަފްސާނީ އަދި ޖިސްމާނީ ބަދަލުތަކާ ހޭނުމަށް ހަ މަސް ދުވަސް ނެގި ކަމަށް އޭނާ ކިޔައިދިނެވެ. އަދި މި ދަތުރުގައި އޭނާގެ ފިރިމީހާ، އެކްޓަރު ސިދާތު މަލްހޯތުރާގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުން ކިއާރާ ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، އޭނާގެ ސިފައަށް އައި ބަދަލުތަކާ ގުޅުވައިގެން ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރި މަލާމާތްތަކުގެ ސަބަބުން ނަފްސާނީ ގޮތުން ކުރި އަސަރުތައް ވެސް ކިއާރާ ހާމަކުރިއެވެ. އެކަމަކު މިހާރު އޭނާގެ މުޅި ފޯކަސް ހުރީ 2025 ވަނަ އަހަރު އުފަންވި ދަރިފުޅު ސަރާޔާ ރަނގަޅު ގޮތުގައި ބަލައި ބޮޑުކުރުމަށް ކަމަށް އޭނާ ބުންޏެވެ.
ކިއާރާ ވަނީ ވިހެއުމަށްފަހު އަންހެނުންނަށް ކުރިމަތިވާ މިފަދަ ނަފްސާނީ ކަންކަމާ މެދު މުޖުތަމައުގައި މިހާރަށް ވުރެ ބޮޑަށް ވާހަކަދެކެވެން ޖެހޭނެ ކަމަށް ބުނެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;